3 ގަޑިއިރަށް މިއަދު އޭދަފުށިން ކަރަންޓް ކަނޑާލަނީ

ghfgjh.jpg

އޭދަފުށީ އިންޖީނުގޭގެ މުވައްޒަފުން އިންޖީނެއް މަރާމާތު ކުރުމުގެ މަސައްކަތުގައި. 800 ކވ އިންޖީނު ޕެނަލް ބޯޑާ ގުޅުމަށް މިއަދު 3 ގަޑިއިރަށް އޭދަފުށިން ކަރަންޓް ކެނޑާލާނެކަމަށް އޭދަފުށީ އިންޖީނުގެއިން ބުނޭ / ފޮޓޯ: އޭދަފުށީ އިންޖީނުގެ

އޭދަފުއްޓަށް އަލަށްގެނައި 800 ކީިލޯވޮޓް އިންޖީނު ޕެނަލްބޯޑާ ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދު އޭދަފުށީން 3 ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފިއެވެ.

އޭދަފުށީ އިންޖީނުގެއިން ބުނީ ކަރަންޓް ކަނޑާލާނީ 2:30ން ފެށިގެން 5:30އާ ހަމައަށްކަމަށެވެ. ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް ވިދާޅުވީ 800 ކިލޯވޮޓް އިންޖީނު ބަހައްޓާ ނިމިފައިވާތީ، މިއަދު ޕެނަލް ބޯޑާ އިންޖީނު ގުޅާލުމުން އެއިންޖީނުގެ ބޭނުން މާދަމާއިން ފެށިގެން ކުރަން ފެށޭވަރުވާނޭކަމަށާ، މިއީ މިވަގުތަށް ކަރަންޓް މައްސަލަ ހައްލުކުރުމަށް އެޅޭ ވަރަށްބޮޑު ފިޔަވަޅެއްކަމަށެވެ.

“ތިންގަޑިއިރު ކަރަންޓް ކަނޑާލަން މިޖެހެނީ މުޅި ނެޓްވޯކާ ކުޅެންޖެހޭތީ، މިއަދު މިގުޅާލެވެނީ ބޮޑު އިންޖީނާ ޕެނަލް ބޯޑާ. އުއްމީދުކުރަނީ މާދަމާއިން ފެށިގެން ބޮޑު އިންޖީނު ބޭނުންކުރަން ފެށޭނެކަމަށް. ދޭެތރެދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ މާދަމާއިން ފެށިގެން ވަރަށް ބޮޑަށް ހައްލުވާނެ” އަލީ ޝަފީޤް ވިދާޅުވިއެވެ.

އޭދަފުށީގެ ކަރަންޓްގެ ހާލަތު ދަށްވެ، އިންޖީނުތަކަށް މައްސަލަ ދިމާވާތީ، އެރަށަށް 800 ކވ އިންޖީނެއް ގެނެވުނީ މިމަހުގެ 15 ވަނަދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top