ނިޔާމަ ބޯޓް ،މަރާމާތަށްފަހު މޫދަށް ބޭލި ތަނުން އަޑިއަށް!

13092165_623087694523538_5741215250476518294_n.jpg

މީގެ ކުޑަދުވަސްކޮޅެއްކުރިން ތުޅާދޫ ފަޅު ތެރޭގައި އޮއްވާ އަލިފާނުގެ ހާދިސާއެއްގައި ބޮޑުބައެއް އަދައިގެން ދިޔަ ނިޔާމަބޯޓު އެހާދިސާގައި ލިބުނު ގެއްލުންތަކުގެ މަރާމާތަށް ފަހު މިއަދު ބާލައިގެން އުތުރުފަރާތު ފަޅުތެރެއަށް ވައްދަން އުޅުމުގެ ތެރޭގައި ދިޔަވެ ބޯޓު އަޑިއަށް ހިނގައްޖެއެވެ.

ބޯޓު ބާލައިގެން އުތުރު ފަރާތަށް ގެންދިޔައީ އިންޖީނަކާ ނުލައި އެހެން އުޅަނދެއް ކަފުޖަހައިގެންނެވެ.

މި ބޯޓު މިއަދު ބޭލިއިރު މަރާމާތުގެ ހުރިހާ މަސައްކަތެއް މުޅިން ނިމިފައި ނުވިޔަސް ބޯޓުގެ 95އިންސައްތަ މަސައްކަތްވަނީ ނިމިފައިކަމަށް ބޯޓުގެ ވެރިފަރާތުން މައުލޫމާތު ދެއެވެ.

ބޯޓު  އަޑިއަށް ގޮސްފައިވަނީ ވަނީ އުތުރުފަރާތު ނެރުގެ ދިމާ ހުރަހަށް ކަހަލަ ގޮތަކަށް ކަމަށްވާތީ ނެރަށް ވަދެ ނުކުތުމުގައި މި ވަގުތު ދަތުރުވެރިންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް އަންނަނީ ދިމާވަމުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްއާ ގުޅިގެން މިހާރު އަންނަނީ މި ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top