ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ބ. އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމުގެ ގޮތުން އަތޮޅުތަކާއި ރަށްރަށާއި އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅުގައި، ބ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ރަށުކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ.
މިދިޔަ އަހަރުގެ މާޗު މަހުވެސް ރައީސް މުއިއްޒު ބ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. އެފަހަރު ވަޑައިގެންނެވީ އޭދަފުއްޓާއި ތުޅާދު އާއި ދަރަވަންދު އާއި ހިތާދޫ އަދި ކެންދުއަށެވެ.






