ސެމީފައިނަލްގައި އޭދަފުށީގެ މައްޗަށް ފަރެސްމާތޮޑާ ކުރިހޯދައިފި

medium_90117.jpg

އޭދަފުށި- ގފަރެސްމާތޮޑާ ސެމީ ފައިނަލްގައި ބައްދަލުކުރި މެޗް ފެށުމުގެ ކުރިން

މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް ފެށިގެން ކުރިއަށް ދާއިރު މިއަދު އައްޑޫސިޓީގައި ކުޅުނު އޭދަފުއްޓާއި ފަރެސްމާތޮޑާގެ މެޗް 4-2ން އޭދަފުށި ބަލިކޮށް ފަރެސްމާތޮޑާ ފައިނަލަށް ހިގައްޖެއެވެ.

މިއަދުގެ މެޗް ފެށުމާއެކު އޭދަފުށީގެ އިޝާން ނަގައިދިން ކޯނަރަކުން ފުރަތަމަ ލަނޑުޖެހީ އޭދަފުށީ ޓީމުންނެވެ. އެހެންނަމަވެސް ގިނައިރުތަކެއްނުވެ ފަރެސްމާތޮޑާގެ އިހްސާން ފުރަތަމަލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އަދި ދެވަނަލަނޑުވެސް އިހްސާން އެޓީމަށް ކާމިޔާބު ކޮށްދިނީ އޭދަފުށީ ޓީމްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭދަފުށިވެސް އިތުރު ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.

ދެވަނަހާފްގައި ފަރެސްމާތޮޑާގެ އިހްސާން އިތުރު ލަނޑެއްޖަހައި ހެޓްރިކް ހެދިއެވެ. އަދި ފަރެސްމާތޮޑާގެ ހަތަރުވަނަލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ސައީދުއެވެ.

މިމެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއްލިބި ބޭކާރުވެފައިވާކަން ފާހަގަ ކުރެވުނެވެ.

މިއަދުގެ މެޗުން އޭދަފުށި ބަލިވުން މީޑިއާގެ ބައެއް ނޫސްތަކުން ސިފަކޮށްފައިވަނީ “ވަރުގަދަ އޭދަފުށި ލަދުގަންނުވާލައި ފަރެސްމާތޮޑާ ފައިނަލަށް ހިނގައްޖެ”ކަމުގައެވެ. މިމެޗުން ބަލިވީ ކީއްވެގެންތޯ އޭދަފުށީ ޓީމްގެ ކޯޗް މުހައްމަދު ޒާހިދު (ބައްޓޭ ) ގާތު އަހާލުމުން ބުނީ “ކުޅުންތެރިންގެ ފިޓްނަސް އަދި ރަނގަޅަށްް ގުޅިގެން ނުކުޅެވުމުން.” ކަމުގައެވެ.

މުބާރާތުގެ ފައިނަލްގައި ފަރެސްމާތޮޑާ ވާދަކުރަންޖެހޭނީ މާދަމާ ސެމީފައިނަލުގެ ދެވަނަ މެޗުގައި ފޯކައިދޫއާއި ސ.ފޭދޫ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top