ސްވިޑްންގެ ޕްރިންސެސް މެޑްލިން ،އާއިލާއާއެކު ސޮނޭވާފުށީގައި ޗުއްޓީހޭދަކުރަމުން އެބަ ގެންދާ ކަމުގައި ޓޫރިޒަމްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓަކުން ބުނެފިއެވެ.
33އަހަރުގެ ޕްރިންސަސްއާއި އެކަމަނާގެ އިނގިރޭސި ފިރިކަލުން ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ އެދެމަފިރިންގެ ދެބޭފުޅުންކަމުގައިވާ 23މަހުގެ ދަރިކަނބަލުން ޕްރިންސްސް ލިއޮނޯއާއި ހަތްމަހުގެ ދަރިކަލުން ޕްރިންސް ނިކޮލަސްއާ އެކުގައިކަމަށްވެސް އެޚަބަރުގައި ވެއެވެ. 
ސްވިޑްންގެ ރޯޔަލް ފެމިލީ ސޮނޭވާފުށީގައި ތިއްބަވަނީ ޕްރައިވެޓްވިލާއެއްގައި ދުވާލަކު 7900 އަށްވުރެ ގިނަ ޑޮލަރ ހޭދަކުރައްވައިގެންކަމުގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.







