ޖަމިއްޔާތަކާބެހޭ ގައުމީ މަހާސިންތާ ފަށައިފި

8494.jpg

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކުގެ 3ވަނަ ގައުމީ މަހާސިންތާ ފަށައިފިއެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ފެށި މިމަހާސިންތާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރއޮފް ލީގަލްއެފެއަރސް އަލްއުސްތާޒާ އާއިޝަތު އާޒުިމާ ޝަކޫރުއެވެ.

މަހާސިންތާ ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި ޖަމިއްޔާތަކުގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރެވިފަައިވާ ކަމުގައެވެ.

އެކަމަނާގެ ވާހަކައިގާ ޖަމިއްޔާ ތަކުގެ ގާނޫނުގައި ހުރި މައްސަލަތަކަށްވެސް އަލި އަޅުއްވާލެއްވިއެވެ. ވިދާޅުވީ އެންޖީއޯތަކާއި ކްލަބްޖަމިއަޔާތައް އެއް ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރުމުގެ ސަބަބުން ދަތިތައް ދިމާވަމުންދާކަމުގައެވެ.

މި ޖަލްސާގައި ހޯމްމިނިސްޓަރ އުމަރު ނަސީރު ދެއްކެވި ވާހަކައިގާ މިހާރު އުފެދިފައިވާ ޖަމިއްޔާތައް ކުރިއާ އަޅާބަލާއިރު ހަރަކާތްތެރިކަން ކުޑަކަމުގައި ފާހަގަކުރައްވައި ގައުމީ ތަރައްގީގައި ޖަމްއިއްޔާތަކުގެ ބައިވެރިވުން ބޮޑުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިމަހާސިންތާގެ މަގްޞަދަކީ ހިލޭސާބަހަށް މަސައްކަތްކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ޖަމްޢިއްޔާތަކުގެ ތަރައްގީއަށްޓަކައި ސަރުކާރާއި ގުޅިގެން ކުރެވޭނެ ކަންތައްތައް ފާހަގަކޮށް، ޖަމިއްޔާތަކުގެ ދައުރުފުޅާކުރުމުގައި ޖަމިއްޔާތަކުން އިސްނަގައިގެން ކުރެވޭނެ ކަންތައްތައް ފާހަގަކުރުމެވެ.

މި ރަސްމިއްޔާތުގައި ވަނީ ޖަމިއްޔާތަކުގެ ވެބް ޕޯޓަލް އިފްތިތާހްކޮށްދެއްވާފައެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ވަނީ ތަފާތު ތިން ދާއިރާއަކުން ކަރުދާސް ހުށަހަޅާ މަޝްވަރާކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ތަރައްގީގައި ސިވިލްސޮސައިޓީގެ ދައުރާ ގޮންޖެހުންތަކާ ބޭނުންތަކާ ފުރުސަތުތައް ތަކާ އަދި ސިވިލްސޮސައިޓިއާ ވިޔަފާރިތަކުގެ އިޖްތިމާއީ ޒިންމާއާގުޅޭ ގޮތުުން މަޝްވަރާ ކުރާނެއެވެ.

މިމަހާސިންތާގައި 104 ޖަމިއްޔާއަކުން ބައިވެރިވެފައިވެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 43 ބޭފުޅުން ބައިވެރިވިއެވެ. އޮބްޒާވަރުންގެ ގޮތުގައި ހިމެނެނީ ސަރުކާރުގެ 16 އޮފީހަކުންނާއި ސަރުކާރު ހިއްސާވާ 12 ކުންފުނިން އަދި އަމިއްލަ 11 ކުންފުންޏަކުންނެވެ.

މިއީ ހޯމްމިނިސްޓްރީއާއި ޔޫއެންޑީޕީގެ އެހީގައި ބާއްވާ ތިންވަނަ މަހާސިންތާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top