ލޮކް ޑައުން އަކަށް ނުދާނެ. އޮތް ގޮތަކީ ބައްޔާއެކު އުޅެން ދަސްކުރުން : ނަސީމް

b_1OFiFy1eeR1mA8biYFYm7tdLm.jpg

13 އޭޕްރީލް 2022 ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް، ލޮކްޑައުން އަކަށް ދިއުމުގެ ވިސްނުމެއް ނެތްކަމަށާއި އޮތްގޮތަކީ ބައްޔާއެކު އުޅެން ދަސްކުރުން ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވަނީ ކޮވިޑް ކޭސްތައް އަނެއްކާ ވެސް އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވާ ލޮކްޑައުން ކުރާނެތޯ މިނިސްޓަރު ނަސީމާއި ސުވާލުކުރައްވާފަ އެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ލޮކްޑައުން އަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް މިނިސްޓްރީން ނުގެންގުޅޭ ކަމަށެވެ.

”ކޮރޯނާ ވައިރަސް ކަންތަކުގައި ލޮކްޑައުން ހަދާކަށް އަޅުގަނޑުމެން ގަސްތުކޮށްފައެއް ނުވޭ އެއްގޮތަކަށް ވެސް، އެއީ އަޅުގަނޑުމެން ކުރަން ބޭނުން ވާ ކަމެއް ނޫން އެއްގޮތަކަށް ވެސް، އިނގޭތޯ،“ ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ބެލި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އޮތް ގޮތަކީ ބައްޔާއެކު އުޅުން ކަމަށެވެ.

”އިގްތިސޯދު ރަނގަޅަށް ހިނގަން ޖެހޭނެ، އެހެންވީމާ އަޅުގަނޑުމެން ކޮރޯނާ ވައިރަހާއެކީ އުޅެން ދަސްކުރަން ޖެހޭނެ،“ ނަސީމް ވިދާޅުވިއެވެ.

ބަންދުވެފައި ހުންނަ ތަންތަނުގައި އުޅުމުގައި އަޅަން ޖެހޭ ފިޔަަވަޅުތައް އަޅައި، މާސްކު އަޅައި ރައްކާތެރިވުމަށް ނަސީމް އިލްތިމާސް ކުރެއްވިއެވެ. އަދި މަޖިލީހުގެ މެންބަރުން ވެސް އެ ކަމަށް ނަމޫނާ ދެއްކެވުމަށް އެދިވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top