މިހާރު ފޯނު މެދުވެރިކޮށް ޕާސްޕޯޓު ހައްދަން ހުށަހެޅޭނެ

large_155526424963zmT9.jpg

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

މޯބައިލް ފޯނު މެދުވެރިކޮށް ޕާސްޕޯޓު ހައްދަން ހުށަހެޅޭ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ބުނީ މޯބައިލް ފޯނު މެދުވެރިކޮށް އެ ޚިދުމަތަށް ‘އިމުގަ’ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

މިއީ ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް އެ އިދާރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައިވެސް އިމިގްރޭޝަނުން އެ ޚިދުމަތް ވަގުތީ ގޮތުން ދިނެވެ.

ފޯނު މެދުވެރިކޮށް ޕާސްޕޯޓު ހައްދަން ހުށަހެޅުމުގެ ފުރުސަތު ލިބުމުން އިތުރަށް ފަސޭހަ ވާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެކަން އެހެން އޮތް ނަމަވެސް ޕާސްޕޯޓާ ހަވާލުވާން ޖެހެނީ ޕާސްޕޯޓުގެ ވެރިފަރާތް ސީދާ އިމިގްރޭޝަނަށް ދާށެވެ.ލާމަރުކަޒީ ނިޒާމުން އަތޮޅުތަކާއި ރަށްރަށް ގުޅާލެވުނަސް އަދިވެސް ބައެއް ޚިދުމަތްތައް ހޯދަން މާލެ ދިއުން ނޫން ގޮތެއް ރާއްޖެ ތެރޭގެ މީހާއަކަށް ނޯވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top