ދޭތެރެޖައްސާ މީހުންނަށް ގަދަފަދަ އަޒާބު ލިބޭނެ: ޚުތުބާ

DSCN2884.jpg

ދެބައުޑުވެ ދޭތެރެ ޖައްސާ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ އަޒާބު ލިބޭނެ ކަމަށާއި ދޭތެރެ ޖެއްސުމަކީ، ކަށްވަޅުގައި ވެސް އަޒާބު ލިބޭ ނުބައި ވެގެންވާ ބޮޑު ފަފާއެއް ކަން މިއަދުގެ ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.

ދުލުގެ އާފާތްތައް މިމައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ޣީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށެވެ. ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގާ ހުރި އައިބެއްގެ ވާހަކަދެއްކުން ކަމަށެވެ. އަދި ދޭތެރެ ޖެއްސުމަކީ ނުބައިވެގެންވާ ކަމެއްކަމަށް ބުނެފައިވެ އެވެ.

މިފަދަ ވާހަކަތައް ފަތުރާ މީހުން އެމީހުންގެ ގުނަވަންތަކުން ކުރާ އަމަލުތަކަށް ގިޔާމަތް ދުވަހުން ޖަވާބުދާރީ ވާން ޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޣީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއް ކަމަށާއި، އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުން ފަދަ ކަމެއް ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނީ، ބައެއް ފަހަރު މީސްމީހުންނާ ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ހަގީގަތް ނުހޯދައި އެމީހުން ބަދުނާމުކުރުމުގެ ނިޔަތުގައި އެވާހަކަތައް އާއްމުކޮށް ފަތުރާ މީހުން އުޅޭ ކަމަށެވެ. ނަމަވެސް އެކަމުގެ ނުރައްކާތެރި ން ކީރިތި ޤުރުއާނުން އެނގޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“އެކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި މާތް الله ވަހީކުރައްވާފައިވެއެވެ. މާނައީ ”އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް ތިބާ ތަބާ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވިއެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

ޣީބަ ބުނުމާއި ނެތިމޮށުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ތިމާގެ ނަފްސަށް ތާއީދު ހޯދުމާއި އަނެކާ އާ މެދު ތިމާގެ ހިތުގައި އޮންނަ ހަސަދައާއި ނަފްރަތުގެ ސަބަބުން މީސްތަކުގެ ކުރިމަތީގައި ތިމާގެ އަގު ވައްޓާލުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top