ބޮލީވުޑްގެ ތަރި ރިޔާސެން އޭނާގެ ދެއަހަރުވީ ލޯބިވެރިޔާ ޝިވަމް ތިވާރީއާއި ބުދަދުވަހު ކައިވެނި ކޮށްފިއެވެ. އިންޑިއަން ސަގާފަތާ އެއްގޮތަށް ޕޫނާގައި އޮތް މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ގާތް ރަހްމަތްތެރިންކޮޅެއްގެ އިތުރުން ދެފަރާތުގެ އާއިލާގެ މެންބަރުން ކޮޅެއްކަމަށް ޕިންކްވިލާ އިން ބުނެއެވެ.
36 އަހަރުގެ ރިޔާ ، ކުއްލި ގޮތަކަށް ކައިވެނި ކޮށްފައިވަނީ އޭނާ ބަލިވެއިނުމުން ކަމަށް ރިޕޯޓްތައް ބުނާއިރު ސިވަމްއާ ބެހޭ މައުލޫމާތެއް ރިޔާގެ އާއިލާއިން ދީފައެއް ނުވެއެވެ. އެނގޭހާވެސް ވަރަކީ އޭނާއަކީ ފޮޓޯގްރާފަރެއްކަމެވެ.
ރިޔާގެ މަންމަ ކުރީގެ އެކްޓްރެސް މޫންމޫންސެން ، ރިޔާގެ ކައިވެންޏާބެހޭ ގޮތުން ބުނެފައިވަނީ އޭނާގެ ދަރިފުޅު ރިޔާ ދެކެނީ ފައިސާއަކީ އެހާ މުހިއްމުކަމެއް ނޫންކަމާ މުހިއްމީ ރީތި ފިރިހެެނެއް ކަމުގައެވެ. އެހެން ނަމަވެސް އޭނާގެ ދެއަންހެން ކުދިންނަކީ ވަރަށް ރީތި ދެކުދިންކަމަށް ވާތީ އެކުދިންނަށް ފައިސާއަށް ވުރެ މުހިއްމު އެހެންކަމެއް ނޯންނާނެކަމުގައި މަންމަ ބުނެއެވެ.
ރިޔާ މިހާރު މަސައްކަތްކުރަމުން ދަނީ އެކްތާކަޕޫރުގެ ވެބް ސީރީޒް ރާގިނީ އެމްއެމްއެސް 2 ގައެވެ. މޮޑްލްގެ ދުނިޔެއިން ހިންދީ ފިލްމީ ދުނިޔެއަށް ވަތް ރިޔާ ވަނީ ހިންދީ ފިލްމް “އަޕްނާ ސަޕްނާ މަނީ މަނީ” އާއި “ސްޓައިލްޝް” އާއި “ޖަންކާރް ބީޓްސް” އަާއި “ޑާކް ޗޮކްލެޓް ” ފަދަ މަދު ފިލްމްކޮޅެއް ކުޅެފައެވެ. މީގެ އިތުރުން ބައެއް ލަވަތަކާއި ބެެންގާލީ އަދި މަލިޔާޅަމް ފިލްމް ކުޅެފައިވެއެވެ.