ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

20914255_2027626910597182_2907230486950059685_n.jpg

ގުރުއާން މުބާރާތުން އެއްވަނަ ހޯދި އިޔާން އަދި މަލިކާ./ ފޮޓޯ: ތައުލީމީ މަރުކަޒު

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ މިރޭ އެސްކޫލްގައި ފާޅުކޮށްފިއެވެ.

130 ދަރިވަރުން ބައިވެރިވި މި މުބާރާތުން އެއްވަނަ ހޯދާފައިވަނީ އޭދަފުށީ އަލިތަރި، އިޔާން އަލީ ވަހީދު އާއި އަވިދޭގެ މަލިކާ އަހްމަދުއެވެ.

އިޔާން އެއްވަނަ ހޯދާފައިވަނީ 104 ކުދިންނަާ ވާދަކޮށްގެން ބަލައިގެން ކިޔެވުމުގެ ބައިންނެވެ. މަލިކާ އެއްވަނަ އެއްވަނަ ހޯދާފައިވަނީ ހިތުން ކިޔެވުމުގެ ބައިން ބައިވެރިވި 26 ކުދިންނާ ވާދަކޮށްގެންނެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ހޯދާފައިވަނީ ޝަމާއިލް މުޙައްމަދު ނަސީރު އެވެ.  މި ގޮފިން ތިންވަނަ އަށް އައިސްފައިވަނީ ފާތިމަތު ޝައްމާއު އެވެ.

ހިތުން ކިޔެވުމުގެ ބައިން ދެވަނައަށް އައިސްފައިވަނީ އާއިޝަތު ޝައިބާއެވެ.  ތިންވަނަ އަށް ހޮވުނީ ފާތިމަތު ޔުމްނާ އާތިފަށެވެ.

މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ދެއްވާފައިވަނީ  ވިލާ ކޮލެޖުގެ ސީނިއާ ލެކްޗަރާ އަހްމަދު ފަޔާޒު ހަސަން އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top