ބެލުންތެރިންް ބޭނުންވަނީ މޮޑަން ޒުވާން މަންމައިން: ހީނާ ޚާން

716_Hina-Khan-HD-Wallpapers.jpg

ޓީވީބަލާ މީހުން މިއަދު ބޭނުންވަނީ މޮޑަން ޒުވާން މަންމައިން ކަމުގައި ސްޓާރޕްލަސްއިން ގެނެސްދޭ ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކަހެނާ “ގައި ދެ ދަރިންގެ މަންމައެއްގެ ރޯލު އަދާކުރަމުން އަންނަ ހީނާ ޚާން ބުނެފިއެވެ. މީހަކާ ނުއިނދެހުރި އުމުރުން 28 އަހަރުގެ ޒުވާން ހީނާޚާން ބުނީ ޓީވީ އިން ފެންނަ މަންމައިންނަކީ ނުރަޖަހާފައި ހުންނަ މުސްކުޅިން ކަމުގައި ވާން ޖެހޭނެ ކަމަށް ގަބޫލު ކުރެވުނު ދުވަސްވަރެއް ދިޔަކަމާ އެއީ މާޒީކަމަށާ މިހާރު އެކަން ޒަމާނާ އެއްގޮތަށް ބަދަލުވެފައިވާކަމުގައެވެ.

ހީނާޚާން “ޔޭރިޝްތާ ކިޔާ ކަހެނާ ” ގައި ބަތަލާއެއްގެ ބައި އަދާކުރަން ފަށާފައިވަނީ 2009 ވަނަ އަހަރު އަކްޝަރާގެ ގޮތުގައި އޭނާގެ އުމުރުން އެންމެ ބާވީސް އަހަރުގައެވެ. މި ޑްރާމާ ދައްކަން ފެށިތާ ހަތް އަހަރުވެގެންދާއިރު އަކްޝަރާއަކީ މިހާރު މަންމައެކެވެ.

ސްކްރީންގައި ބޮޑެތިވެފައިވާ ދަރިންތަކެއްގެ މަންމައެއްގެ އުމުރަށް ބަދަލުވުމުން އެއީ  ހިތްހަމަޖެހޭ ގޮތެއްތޯ އެހުމުން ހީނާ ބުނީ ޒަމާން ބަދަލުވެއްޖެކަމުގައާއި ނުރަ ޖަހާފައި ހުންނަ މަންމައިންގެ ރޯލްތައް ބަލަން މިއަދު ޓީވީބަލާ މީހުން ބޭނުމެއް ނުވާނެކަމުގައެވެ.  އެހެންކަމުން މަންމައެއްގެ ރޯލާމެދު ހިތްހަމަ ނުޖެހެންވީ ސަބަބެއް ނެތްކަމުގައެވެ.

” އެދުވަސް ހިނގައްޖެ.  ވަގުތާއެކު ކަންކަންވެސް ވަނީ ބަދަލުވެގެން ގޮސްފަ. ހަގީގީ ދިރިއުޅުމުގައިވެސް މިހާރަކު އެއްވެސް މީހަކު ބޭނުމެއްނުވޭ ނުރަޖަހާފައި ހުންނަ މުސްކުޅި ސިފަ ދެއްކުމަށް. އުމުރުންދުވަސްވަމުން ދާ ވަރަކަށް ކޮންމެ މީހަކުވެސް ދައްކަން ބޭނުންވަނީ އެމީހާގެ އުމުރަށް ވުރެ ޒުވާންކަން. އެހެންވީމާ މިއަދުގެ ޖީލު ބޭނުންވާގޮތް އަހަރެންވެސް ސްކްރީނުން މި ދައްކަނީ..”

ހީނާ އިތުރަށް ބުނީ  ޓީވީގެ މި ދިރިއުޅުން  ވަރަށް ރަނގަޅު ކަމަށާއި މިކަމުގެ ސަބަބުން ބަދަލުވާންވީ އެއްވެސް ކަމެއް ނެތްކަމުގައެވެ. އަދި  އޭނާ ހުރީ މީގެ ހަތް އަހަރު ކުރިން ފެށި މި ޑްރާމާގެ ތަޖްރިބާއާއެކު މިރޮނގުން ކުރިއަށް ދިއުމުގެ އަޒުމުުގައެވެ.

“އަހަރެން ފަޚުރުވެރިވަން. މިޝޯގައި އަހަންނަށް ދެއްކިފައިވާ ހުނަރާމެދު ” ހީނާ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top