ޑރ ޒިޔާދުގެ ނަސޭހަތް: ދީނުގައި އައު ކަންތައްތައް އުފެއްދުން

muslim-prayer-mat.jpg

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قالَتْ: قَالَ رَسُوْلُ اللهِ z: (مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ. ) رواه البخاريُّ ومسلمٌ.

މާނައީ: “މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވިރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ދީނުގައި ނުވާ ކަމެއް، އަލުން އުފައްދައި (ދީނުގެ ތެރެއަށް ވައްދައިފި)  މީހާ (ދަންނާށެވެ!) ފަހެ އެކަމެއް ވަނީ ބާޠިލުވެގެންނެވެ.

ޙަދީޘް ލިބިގަންނަވި ފިލާވަޅު

  • އަޅުކަން ކުރުމުގައި އަމަލު ކުރަންވާނީ ކީރިތި ރަސޫލާ އެންގެވި ގޮތަށް
  • އަޅުކަންތަކުގައި ކީރިތި ރަސޫލާ އެންގެވި ކަންތައްތައް އުނިއިތުރު ނުކުރުން
  • އަޅުކަން ޤަބޫލް ކުރިވިގެން ވަނީ ކީރިތި ރަސޫލާ ދެއްކެވިގޮތަށް ޢަމަލު ކުރާނަމަ
  • ދުނިޔެވީ ކަންކަމުގައި އައު ގޮތްތަށް ހޯދުމަކީ ހުއްދަކަމެއް
  • ދިރިއުޅުމުގެ ނިޒާމަށް އަންނަ ބަދަލު ތަކަކީ ބިދުއައެއްނޫން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top