އޭދަފުށީގައި މިއަދު ދެ އެކްސިޑެންޓް. އަންހެނަކާ ކުޑަ ދެކުދިން އެޑްމިޓް؟

20190509_173733.jpg

2 އެކްސިޑެންޓާ ގުޅިގެން ބ. އަތޮޅު ހޮސްޕީޓަލްގައި ބަޔަކު ހަރަކާތްރިވަނީ. އެކްސިޑެންޓްގައި އަނިޔާވި ބޮޑުމީހަކާއި، ކުޑަކުއްޛަކު ރޭވަނީ އިތުރު ފަރުވާއަށް މާލެފޮނުވާފައި / އީވީ ފޮޓޯ

ބ. އޭދަފުށީގައި މިއަދު ހަވީރު ހިނގި ސައިކަލް، ދެއެކްސިޑެންޓެއްގައި އަންހެނަކާ، ތިން އަހަރުގެ ދެ ކުޑަކުދިންނަށް އަނިޔާވެ ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

މިއަދު ހަވީރު 5:30 އެހާކަންހާއިރު މިދެ އެކްސިޑެންޓްވެސް ހިނގީ އޭދަފުށީ ޒަމާނީމަގުގައެވެ. އެއް އެކްސިޑެންޓް ހިނގީ ހެލެނގެލިގޭ ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލެއް އެގޭތެރެއިން ދުވެފައި ނުކުތް ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން އަންހެންމީހާއަށް ބޮޑު އަނިޔާއެއް ވިއެވެ. ކުޑަކުއްޖާގެ ބޮލުގެ އެއްފަޅީގައި ގޮނބި ލާފައިވާއިރު ދެ މީހުންވެސް ހޮސްޕިޓަލްގައި ވަނީ އެޑްމިޓް ކޮށްފައެވެ. އެކްސިޑެންޓްގައި އަންހެންމީހާ ސައިކަލާއެކު ވެއްޓި ބޮޑު އަނިޔާއެއްވީ ފަޔަށް ކަމަށްވެއެވެ. ނަމަވެސް ތަފްސީލް ލިބޭގޮތެއް ނުވިއެވެ.

ދެވަނަ އެކްސިޑެންޓް ހިނގީ ފުރަތަމަ އެކްސިޑެންޓް ހިނގިތާ ފަސްވަރަކަށް މިނެޓްފަހުން ޒަމާނީމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ލިލީޕާކްގޭ ކަންމައްޗަށްވާ ހިސާބުން މަގުމައްޗަށް ދުވެފައި ނުކުތް ކުޑަ އަންހެން ކުއްޖަކު ގައިގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މީހާއާއި ފަހަތުގައި އިން މީހާއަށް ގެއްލުމެއް ނުވި ނަމަވެސް ކުޑަ އަންހެން ކުއްޖާގެ ބޮލަށް ގެއްލުންވެ ހޮސްޕިޓަލްގައި އޮބްޒާވް ކުރުމަށް ވަނީ އެޑްމިޓްކޮށްފައެވެ.

މިއަދުގެ 2 ވަނަ އެކްސިޑެންޓް ހިނގި ސަރަހައްދުގައި އެވަގުތު ބަޔަކު މަޑުކޮށްލައިގެން. މިއެކސިޑެންޓްތަކުގައި ބޮޑުމީހަކާއި، 2 ކުޑަކުދިންނަށް އަނިޔާވި / އީވީ ފޮޓޯ

ބ. އަތޮޅު ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރ މުހައްމަދު ރަޝީދު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާގެ ހާލަތު އެހާ ރަނގަޅު ނޫންކަމަށާ، އެ ކޭސް އާމެދު ޑިސްކަސް ކުރަމުން އަންނަ ކަމަށެވެ. އަދި ކުޑަ ދެކުދިންގެ ތެރެއިން އެއްކުއްޖަކު ހާލަތު ރަގަޅުނަމަވެސް އަނެއްކުއްޖާގެ ބޮލުގެ ނާށިގަނޑަށް އަނިޔާވެފައިވާތީ، އައިޖީއެމްއެޗް ޑޮކްޓަރުންނާ މަޝްވަރާ ކުރެވެމުންދާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ފެންނަ ފެނުމަށް އެކޭސްވެސް ގޯސްނޫންކަމަށް އޭނާ ވިދާޅުވިއެވެ

މިއެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް ހޮސްޕިޓަލްގައި އެވަގުތު ފުލުހުންގެ ޓީމެއް ހަރަކާތްތެރިވިތަން އީވީގެ ރިޕޯޓަރުންނަށް ފެނުނެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު