ސެމީގެ ފަހުޖާގަ ކިހާދުއަށް

26030814_10155504684188402_1845122663_n-1.jpg

ދަރަވަންދޫ އަދި ކިހާދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން / އީވީ ފޮޓޯ: ހުޝާމް

މިހާރު ބ. ދޮންފަނުގައި ކުރިޔަށްދާ 23 އަހަރުންދަށުގެ ދޮންފަނު އިންވިޓޭޝަން ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފަހުޖާގަ އެންމެފަހުގެ ޗެންޕިއަން ކިހާދޫން ކަށަވަރުކޮށްފިއެވެ.

ކިހާދޫ ސެމީގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގައި މިދިޔައަހަރުގެ ރަނައަޕް ދަރަވަންދޫ މައްޗަށް މިއަދު 3-0ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ދެޓީމަށްވެސް މަރުގެ މެޗެއްގެ ގޮތުގައި ފާހަގަކުރެވުނު މިމެޗުން ބަލިވުމުން ދަރަވަންދޫވަނީ މުބާރާތުން ކަޓައިފައެވެ.

މިއަދުގެ މެޗްގައި ކިހާދޫންޖެހި ތިންގޯލްވެސް ކާމިޔާބުކޮށްދީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދީ ކިހާދޫ ޓީމްގެ ކެޕްޓަން ހުސައިން އީމާންއެވެ. ކިހާދޫގޭ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 26 ވަނަ މިނެޓްގައި ކާމިޔާބުކުރިއިރު، ދެވަނަ އަދި ތިންވަނަ ލަނޑު ޖެހީ ފަހުހާފުގެ 62 އަދި 66 ވަނަ މިނެޓްގައެވެ. މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީވެސް ކިހާދޫގެ ހުސައިން އީމާންއެވެ.

މިމެޗްގެ ނަތީޖާއާ ގުޅިގެން ކިހާދޫ ސެމީއަށް ދިޔައީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ ޓީމްގެ ގޮތުގައެވެ. ތާވަލުގެ ތިންވަނާގައި ދޮންފަނުވެސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނާގައި އަށްޕޮއިންޓާއެކު ގޮއިދޫ އޮތްއިރު، އޭދަފުށި ދެވަނާގައިއޮތީ އެއްމެޗުން މަދުން ކުޅެގެން ހަތްޕޮއިންޓާއެކު އެވެ.

ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި އޭދަފުއްޓާ ދޮންފަނު މާދަމާ ބައްދަލުކުރާއިރު ސެމީގައި ޓީމްތައް ބައްދަލުކުރަންޖެހޭގޮތް ސާފުވާނީ މިމެޗްގެ ނަތީޖާއަށްފަހުގައެވެ. މެޗުން އޭދަފުށި މޮޅުވެ ނުވަތަ ޑްރޯވެއްޖެނަމަ އޭދަފުށި ތާވަލުގެ އެއްވަނައަށް އަރާނެއެވެ. ތަފާތު ބޮޑުކޮށް ދޮންފަނު ބަލިވެއްޖެނަމަ ތާވަލުގެ ހަތަރުވަނައަށް އެޓީމް ވެއްޓޭނެއެވެ.

ސެމީގައި ބައްދަލުކުރާނީ ތާވަލުގެ ހަތަރުވަނަ ޓީމާ، އެއްވަނަޓީމެވެ. އަދި ދެވަނަ ޓީމާ ތިންވަނަ ޓީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top