ހިތާނީ މޫސުމާ، އާއަހަރާ ދިމާކޮށް ޑައުންޓައުން “ރެއަކު 2 ޝޯވ”

15590534_920185341452041_2163412130114743763_n.jpg

ޑައުންޓައުން ބޮޑުބެރު ގްރޫޕް. މިދުވަސްވަރު ރެއަކު 2 ޝޯވ ކުޅޭކަމަށް ބުނޭ / ފައިލް ފޮޓޯ

މިއަހަރުގެ ހިތާނީ މޫސުމާ، އާއަހަރާ ދިމާކޮށް ބ. އޭދަފުށީގައި ވިދަމުން އަންނަ ޑައުން ޓައުން ބޮޑުބެރު ގްރޫޕަށް ބާރުބޮޑުވެ ރެއަކު 2 ޝޯ ދޭންޖެހިއްޖެކަމަށް އެގްރޫޕުން ބުނެފިއެވެ.

ޑައުން ޓައުން ބޮޑުބެރު ގްރޫޕުން ބުނީ މިދުވަސްވަރު ކޮންމެ ރެއަކުވެސް ހިތާނީ ޝޯތައް އޮންނަކަމަށާ، އާންމުގޮތެއްގައި ރެއަކު ދެޝޯވ ދޭންޖެހޭ ކަމަށެވެ. އަދި ކްރިސްމަސް އާއި ނިއުއިޔާގެ ޝޯތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށްވެސް އެގްރޫޕުން ބުންޏެވެ. ޑައުންޓައުން ބޮޑުބެރު ގްރޫޕްގެ ލީޑަރު އަހްމަދު ތަސްނީފް (އަންބުޗް) އީވީއަށް މައުލޫމާތު ދެމުން ބުނީ ރިސޯޓްތަކުގައި ހިތާނީ ޝޯތައް މިދުވަސްވަރު ގިނަވެގެން ވަގުތު ނެތުމާއެކު ކެންސަލްވެސް ކުރަންޖެހޭ ހިސާބަށް ދިޔަކަމަށެވެ. އޭނާބުނީ ބ. އަތޮޅުގެ އިތުރުން ރ. އަތޮޅުންވެސް ރިކުއެސްޓްތައް ލިބެމުން އަންނަކަމަށެވެ.

“އެއްގެ ނިންމާފަ ކިތަންމެ ދަންވިޔަސް ގޭގެއިން އެދޭވަރުން އިތުރު ޝޯއެއް ހަމައެރޭ މިބާއްވަނީ. އޭދަފުށީގެ އިތުރުން ބ. އަތޮޅުގެ ރަށްރަށުންވެސް ރިކުއެސްޓް އާދޭ. ރ އަތޮޅުންވެސް ރިކުއެސްޓް އާދޭ” ބޭންޑްގެ ލީޑް ވޯކަލިސްޓްގެ މަގާމްވެ އަދާކުރާ އަންބުޗް ބުންޏެވެ.

އަންބުޗް ބުނީ ކްރިސްމަސްއާ ދިމާކޮށް ރިސޯޓްތަކުން ލިބުނު ބައެއް ހުށައެޅުންތައް ބޭންޑް ބިޒީވެގެން ދޫކޮށްލާފައިވާކަމަށާ، އާއަހަރު ފާހަގަކުރުމަށްވެސް ރިސޯޓްތަކުން ހުށައެޅުންތައް ލިބެމުން އަންނަކަމަށެވެ. އަދި ރިސޯޓްތަކުން ޝޯތަކަށް ރަނގަޅު އާމްދަނީއެއް ލިބޭކަމަށްވެސް އަންބުޗް ބުންޏެވެ.

“އިންވިޓޭޝަން ކަޕްގައިވެސް އޭދަފުށީ ޓީމްގައި ބޭންޑް ގިނަބަޔަކު ކުޅެންދާންޖެހޭތީ ބައެއް ޝޯތަކަށް ބްރޫ އަރާތީ ކްރިސްމަސް ޝޯތައް ކެންސަލްވެދާނެ ފަހަރެއްގައި. ރިސޯޓްތަކުން ވަރަށް ރަގަނޅު އަގެއް ލިބޭ މިކަމަށް. އެހެންވީމަ، އަޅުގަނޑުމެން މަސައްކަތް ކުރަނީ ހުރިހާ ޝޯތަކަށްވެސް އެޓެންޑްވެވޭތޯ”

މީގެ ހަތްއަހަރު ކުރިން އޭދަފުށީގައި އުފެދުނު ޑައުންޓައުން ބޮޑު ބެރު ގްރޫޕުން ދަނީ އަތޮޅުގެ މުހިއްމު މުނާސަބަތުތައް ފާހަގަކުރުމަށްވެސް ކޮންމެ އަހަރަކު ޝޯތައް ދެމުންނެވެ. އަދި އިޖްތިމާއީ ހަރަކާތްތަކުގައިވެސް ޑައުންޓައުން ދަނީ ފާހަގަކުރެވޭ ދައުރެއް އަދާކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top