އެސްއެސް ނެޓުން ހޮޓްލައިން ނަމްބަރެއް ތައާރަފު ކޮށްފި

large-167254967953ec54-876x492-1.jpg

ދިރާގުން ދެމުން އައި ކޭބަލް ޓީވީގެ ޚިދުމަތް ކުރިއަށް ގެންދެވެން ނެތުމުން ، ހުއްޓާލަން ނިންމާފައިވުމާއި ގުޅިގެން އެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ އެސްއެސް ނެޓުން މިއަދު ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި އެވެ.

ސަން ސިޔާމް މީޑިއާގެ ދަށުން އުފައްދާފައިވާ އެސްއެސް ނެޓްގެ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދަން އާންމުކުރި ހޮޓްލައިން ނަމްބަރަކީ 1633 އެވެ.

ސަން ސިޔާމް މީޑިއާ ހިންގަވަން އިސްވެ ހުންނެވީ އަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ މުހައްމަދު އާސިފް (މޮންދު) އެވެ. އޭނަ އަކީ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމާއި ވީޓީވީ ހިންގުމުގައި ވެސް އުޅުއްވި ބޭފުޅެކެވެ.

އެސްއެސް ނެޓް ހިދުމަތް ދޭން ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން ދިރާގު ޓީވީގެ ޚިދުމަތް ހުއްޓާލާ ދުވަހުން ފެށިގެން އެސްއެސް ނެޓްގެ ޚިދުމަތް ލިބޭނެ އެވެ.

“ޖަނަވަރީ 15 އިން ފެށިގެން ދިރާގުޓީވީގެ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދޭނެ. އެކަން ވަރަށް ފަސޭހައިން ކުރެވި، އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި ބަދަލު ވެވޭނެ،” މޮންދު ވިދާޅުވިއެވެ.

އެސްއެސް ނެޓުން ހިދުމަތް ދޭން ފަށާ އިރު، އާ ޗެނެލްތަކެއް ވެސް ތައާރަފުކުރާނެ އެވެ. އަދި ވާދަވެރި އެހެން ކުންފުނިތަކުގެ އަގުތަކާ ދާދި އެއް އަގުތަކެއްގައި ހިދުމަތް ދޭނެ އެވެ.

އެސްއެސް ނެޓް ކަސްޓަމާ ސާވިސްގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. އަދި ވެބްސައިޓް ssnet.mv އިން ވެސް މައުލޫމާތު ހޯދޭނެ އެވެ.

އެސްއެސްނެޓް ކޭބަލް ޓީވީގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހު ކުރާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top