އުޅަނދުފަހަރުގެ އަހަރީ ފީ، މިއަދުން ފެށިގެން ކައުންސިލްތަކަށް

IMG_20210218_164004037.jpg

އޭދަފުށި ބަނދަރު މަތި

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި ދައްކާ ފައިސާ ކައުންސިލްތަކަށް ލިބޭ އުސޫލަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.   

މީގެ ކުރިން އެފައިސާ ބަލައިގަންނަމުން އައީ މޯލްޑިވްސް އިންލެންޑު ރިވެނިއު އޮތޯރިޓީ މެދުވެރިކޮށް ނަމަވެސް، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އެފައިސާ ކައުންސިލްތަކަށް ލިބޭ ގޮތަށް ފިނޭންސް މިނިސްޓްރީން އުސޫލު ބަދަލު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.   

މިއަދުން ފެށިގެން އެފައިސާ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ.   

ފިނޭންސް މިނިސްޓްރީން ޑިސެމްބަރު ފަސް ވަނަ ދުވަހު ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައިވާ ގޮތުން ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ.   

ސިސްޓަމް މެދުވެރިކޮށް ކައުންސިލްތަކުގެ އެކައުންޓަށް ފީ ޖަމާކުރެވޭނީ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަނޑޭރި ޕޭ އާ ގުޅުވާލުމުންނެވެ.   

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޭރި ޕޭ އާ ގުޅުވާލާފައިވާ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތަކަށް އެ ފީ ޖަމާކުރެވޭނީ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާ ގޮތަށެވެ.   

މި މުއްދަތުގެ ނިޔަލަށް އެއްވެސް ކައުންސިލެއްގެ ބޭންކް އެކައުންޓް ބަނޑޭރި ޕޭއާ ގުޅާލާފައިނުވާނަމަ އެ ކައުންސިލަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.   

މި ޕޯޓަލް މެދުވެރިކޮށް ވެހިކަލްތަކުގެ ޓްރެފިކް އަދި ޕާކިން ޖޫރިމަނާ ފައިސާއާއި، އެއްގަމާއި ކަނޑު އުޅަނދުތަކުގެ ފީ ވެސް ދެއްކޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top