”ރަންތާޖު“ ގެ އޮޑިޝަން އޭދަފުށީގައި

l_167267109965uMym.jpg

''ރަން ތާޖު'' ޤުރުއާން މުބާރާތް ލޯންޗުކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން --ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ އަގުބޮޑު ގުރުއާން މުބާރާތް، “ރަންތާޖު” ޤުރްއާން މުބާރާތުގެ އޮޑިޝަން އޭދަފުށީގައި ވެސް ބާއްވާގޮތަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ހަމަޖައްސައިިފި އެވެ.

300،000ރ. ގެ އިނާމު ލިބޭ މި މުބާރާތަކީ ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ބާއްވާ މި މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާއިރު، މުބާރާތަށް ބައިވެރިން ހޮވާނީ ރާއްޖޭގެ 10 ސަރަހައްދެއްގައި ބާއްވާ އޮޑިޝަންތަކުން ނެވެ.

އޭދަފުށީގެ އޮޑިޝަން އޮންނާނީ އަންނަ ފެބްރުވަރީ ތިން ވަނަ ދުވަހު އެވެ.

މި އޮޑިޝަންތައް ރާއްޖޭގެ 10 ސަރަހައްދެއްގައި ކުރިއަށް ގެންދެ އެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ލ. ގަން އަދި ދ. ކުޑަހުވަދޫ ގަ އެވެ. އަދި އއ. ރަސްދޫ، ށ. ފުނަދޫ، ހދ. ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީ ގައި ވެސް އޮޑިޝަން ބާއްވާނެ އެވެ.

މި އޮޑިޝަންތައް ކުރިއަށް ގެންދާނީ 15 ޖެނުއަރީ އިން ފެށިގެން 15 ފެބްރުއަރީއާ ހަމައަށެވެ. އަދި އެ އޮޑިޝަންތަކުން 20 ބައިވެރިން ހޮވައި، އެ ބައިވެރިންގެ މެދުގައި ބާއްވާ ބުރުތައް މާލޭގައި ކުރިއަށް ދާނެއެވެ. މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

މުބާރާތް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށެވެ. އެއީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމެވެ.

މި މުބާރާތުގައި ޕީއެސްއެމުން ގެނެސްދީފައިވާ “އެންމެ އަލިގަދަ ތަރި” ފަދަ ޤުރުއާން މުބާރާތްކުން އެއްވަނަ ހޯދާފައިވާ މީހުންނަށް ބައިވެރިއެއް ނުވެވޭނެ އެވެ.

މުބާރާތުގައި ބައިވެރިވާ މީހުންނަށް މިހާރު އޮތީ އެސްއެމްއެސް ފޮނުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މެސެޖް ކުރަން ޖެހޭ ގޮތަކީ އާރްޓީ ސްޕޭސް ޖެހުމަށް ފަހު ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު ޖަހާފައި 450 އަށް ފޮނުވާނީ އެވެ. އޮޑިޝަނަން ނަން ފޮނުވޭނީ މި މަހުގެ 10 އާ ހަމައަށެވެ.

“ރަން ތާޖު” މުބާރާތަށް 300،000ރ. ހުށަހަޅާފައިވެ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top