އޭދަފުށި ފުޓްސަލް ޓީމް މިރޭ ނުކުންނަނީ ފެހެންދުއާ ދެކޮޅަށް

329783181_3501273906767430_5090987018259354562_n-1536x1024-1.jpg

ކޯޗު އާފީ

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ އޭދަފުށި ފުޓްސަލް ޓީމު ފެހެންދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

އޭދަފުށީ ޓީމް، ފެހެންދުއާއި ދެކޮޅަށް މިރޭ ނުކުންނައިރު ޓީމުގެ ކޯޗަކީ ފަސްޓު ޑިވިޜަން ގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ތަޖްރިބާކާރު ކުޅުންތެރިޔާ އޭދަފުށީ އާފިއު މުހައްމަދު ހާމިދު އެވެ.

މި މުބާރާތުގައި އޭދަފުއްޓާއި ފެހެންދޫގެ އިތުރުން ބ. އަތޮޅުން  ބައިވެރިވަނީ ކެންދު އާއި ތުޅާދޫ އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިއީ އޭދަފުށި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. މިއިން އެއްވެސް ފަހަރެއްގައި ފުދޭވަރުގެ ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ.

މި މުބާރާތުގައި އޭަދފުށި ތަމްސީލު ކުރަނީ އޭދަފުށި ޔުނައިޓެޑް ވީ އިންނެވެ. މިދިޔަ ތިން މުބާރާތުގައިވެސް ފުޓްސަލް ޓީމު ނެރުނީ ޔުނައިޓެޑް ވީ އިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top