ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް ގާއިމްކުރަނީ

baa-kihaadhoo-harbour-view.jpg

ކިހާދޫ ބަދަރުމަތި - ފޮޓޯ : ކިހާދޫ ލައިވް

ބ. ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް އެޅުމުގެ މަސައްކަތް ކުރިއަށްް ދާކަމުގައި ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ މިސެންޓަރު އެޅުމަށް ބޭނުންވާ 223000 އަކަފޫޓުގެ ބިމެއް މިހާރު މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ހަވާލުކޮށް މަސައްކަތް ފެށުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ދާކަމުގައެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ބިންސާފުކުރުމާއި އެސަރަހައްދުގައިވާ މީސްމީހުންގެ ރުއްގަހަށް ބަދަލު ދިނުމުގެ މަސައްކަތެވެ.

މި މަރުކަޒު އެރަށުގައި އިމާރާތްކުރުމާއި އެތަން ހިންގުމުގެ ހުރިހާ ކަމެއް ހަވާލުކޮށްފައިވަނީ ދަރަވަންދޫގެ އެއަރޕޯޓާއި މިއަތޮޅުގައި ހިންގާ ބައެއް ރިސޯޓްތައްވެސް ތަރައްގީކޮށްފައިވާ ކޯސްޓްލައިން އިންވެސްޓްމެންޓާއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކިހާދޫގައި ގާއިމްކުރާ މި މަރުކަޒުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތާއި މި ދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތެރިކަމެވެ.

އުފާވެރި ޚަބަރަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކިޔަވައިދެއްވާ މި މަރުކަޒުން ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާކަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top