ތުޅާދޫ ފާރިހާގެ މައްޗަށް ދައުވާ އުފުލައިފި

l_14561246575NXzD.jpg

ފާރިހާ . ފޮޓޯ : ސަން އޮންލައިން

ކައިވެނިން ބޭރުން މިދިޔަ އަހަރުޖުލައިމަހު ބ.ތުޅާދޫ ފާރިހާ އަބްދުއްރަހްމާނު ވިހާފައި ފާހާނާ ތެރެއަށް އެއްލައިލި ކުއްޖާ މަރުވުމުން އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

މި މައްސަލާގައި ފާރިހާގެ މައްޗަށް ތިން ދައުވާ އެއް ހުށަހަޅާފައި ވެއެވެ. އެއީ އިންސާނާގެ އަގަށް އެއްވެސް ފަރުވާލެއްނެތްކަމަށް ދެއްކުމުގެ ދައުވާއާއި މީހަކު މަރުވެދިއުމުގެ ފަރުވާކުޑައަމަލެއް ކުރުމާއި ދަރިން ބެލެހެއްޓުމަށްއޮތް ވާޖިބާއި ދަރިންނަށް އަޅާނުލާ ދޫކޮށްލުމުގެ ދައުވާއެވެ.

ފާރިހާ ވިހެއިކަމާއި ދަރިފުޅު އޮތީ މަރުވެފައިކަން ތުޅާދޫ ސިއްހީ މަރުކަޒަށް އެންގީ އޭނާގެ މަންމައެވެ. ފާރިހާގެ ބަނޑަށް ހަތްމަހުގައ ވިހެއި އިރު ފާރިހާގެ އުމުރަކީ 18 އަހަރެވެ. ތުއްތު ދަރިފުޅު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށާ އޭރު ވިހެއިތާ 48 ގަޑިއިރުވެދާނެކަމުގައި ޑޮކްޓަރުން ބުންޏެވެ.

މައްސަލައިގެ ތަހުގީގަށް ކުއްޖާމާލެގެނެސް ތަހުގީގަށް ފަހު އެކުއްޖާ ވަޅުލާފައިވަނީ މާލޭގައެވެ.

މިމައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދު ކްރިމިނަލް ކޯޓްގައި ކުރިއަށް ގެންދާގޮތަށް ވަނީ ތާވަލް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top