ތުޅާދޫގައި ލިޔެލާޖެހުމާބެހޭ ކޯހެއް ފަށައިފި

thu-1.jpg

އިއްޔެ ތުޅާދޫގައި ފެށި ލިޔެލާޖެހުމުގެ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން . ފޮޓޯ : ބަޔޮސްފިއާ ރިޒާވް އޮފީސް

ތުޅާދޫ ކައުންސިލްގެ ފަރާތުން ލިޔެލާޖެހުމާބެހޭ ކޯހެއް އެރަށުގައި ފަށައިފިއެވެ. މި ކޯސް އިފްތިތާހް ކޮށްދެއްވީ އެންވަޔަރންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ ) ގެ އިސްވެރިޔާ އަދި ކޮންޒަވޭޝަން ފަންޑްގެ ޗެއަރމަން އިބްރާހީމް ނައީމް އެވެ.

ބ. އަތޮޅު ކޮންޒަވޭޝަން ފަންޑްގެ އެހީގައި އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި 30 މީހަކު ބައިވެރިވެފައި ވެއެވެ.

ބ. އަތޮޅުގެ ގުދުރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ ނަސްލު ދަމަހައްޓައި ހިމާޔަތްކުރުމުގެ ގޮތުން އުފައްދާފައިވާ މި ފަންޑުން ބ. އަތޮޅުގެ ތަރައްގީއަށް އަންނަނީ ގިނަ މަސައްކަތެއް ކޮށްދެމުންނެވެ. އެގޮތުން 2014ވަނަ އަހަރު އެކަނިވެސް ބ. އަތޮޅުގައި ތަރައްގީގެ ހަތް މަޝްރޫއެއް ހިންގުމަށް 1540000ރ. (ފަނަރަ މިލިއަން ސާދަހާސްރުފިޔާ )ވަނީ މި ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައެވެ.

މި އެހީ ދީފައިވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅި ހަތް ޖަމާއަތަށެވެ.  އެއީ ދަރަވަންދޫ ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ކެންދޫ ސްކޫލާއި ކިހާދޫ ފާމް ފައުންޑޭޝަނާއި މާޅޮހު އަންހެނުންގެ ކޮމެޓީ އާއި ތުޅާދޫ ކައުންސިލްގެ އިތުރުން އޭދަފުށީ ފޭލި ޖަމިއްޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top