ގޮޮއިދޫއަށް އާދަޔާ ހިލާފަށް ފުޅަނގި އަރަށް ފެށުމުން ގިނަބަޔަކު މޫދަށް!

26914124_10155567471253402_614593513_n.jpg

ގޮއިދުއަށް އިއްޔެ ފުޅަނގި އަރަމުންދިޔަ ވަގުތު އެރަށު ފުއްޓަރު ފަރާތު މޫދުގައި ގޮއިދޫ ބަޔަކު ފުޅަނގި ހިފަން ތައްޔާރުވެގެން. އިއްޔެ ގިނަ އަދަދަކަށް ގޮއިދޫއަށް ފުޅަނގި އެރި / އީވީ ފޮޓޯ: އަހްމަދު ރިޔާޒު

ބ. ގޮއިދޫން އަހްމަދު ރިޔާޒު

ބ. ގޮއިދުއަށް އާދަޔާ ހިލާފަށް ފުޅަނގި އަރައިފިއެވެ.

އިއްޔެ މިރަށު ފުއްޓަރު ފަރާތުން ގިނަ އަދަދަކަށް ފުޅަނގި ރަށަށް އަރަންފެށުމާއެކު ރައްޔިތުންގެ ތެރެއިން  ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދަށް ޖަމާވެ، ފުޅަނގި ހިފުމުގައި ހަރަކާތްތެރިވެފައިވެއެވެ.

ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ ތެރޭގައި އާދަޔާ ހިލާފަށް ގޮއިދުއަށް ފުޅަނގި އެރުމަކީ އާންމުކޮށް ވަމުންއަންނަ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް މިކަން ހިނގަނީ ވަރަށް މަދުންނެވެ.

ގޮއިދޫގައިހުރި އީވީ ރިޕޯޓަރު ބުނީ އިއްޔެ އެރަށުގައި ފުޅަނގި ހިފުމުގެ މަސައްކަތުގައި ބޮޑަށް އުޅުނީ ޒުވާން އަންހެން ކުދިންނާއި، ކުޑަކުދިން ކަމަށެވެ. އަދި މިކަން ކުރިޔަށްދިޔަ ވަގުތު ރަށުގެ ގިނަ ބަޔަކު ކުޅިބަލާލުމަށް ފުއްޓަރުފަރާތު އަތިރިމައްޗަށް ނުކުތެވެ.

ގޮއިދޫ ކައުންސިލާ ހަވާލާދީ ރިޕޯޓަރު ބުނީ ރަށަށް އަންނަ މޫސުމީ މިފަދަ ކޮންމެ ހަރަކާތެއްގައިވެސް އެރަށުގެ ޒުވާނުން އަދި ހާއްސަކޮށް އަންހެނުންގެ ބައިވެރިވުން ކޮންމެ އަހަރަކުވެސް ވަރަށް ބޮޑުކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެރަށު އެރަށު އަންހެނުން މަސްވެރިކަމަށް ނުކުތީވެސް ގޮއިދޫ ސަރަހައްދުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވީމާ ކަމަށް ކައުންސިލުން ބުންޏެވެ.

އިރުވައިމޫސުމާ ދިމާކޮށް ގޮއިދުއަށް ގިނަ އަދަދަކަށް ދޫނިސޫފާސޫފިވެސް ހިޖުރަކުރެއެވެ. އެގޮތުން ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ގުޑުގުޑާ ދޫންޏާއި، ބާޒު އަދި ބަކަމޫނު ފަދަ ދޫނިތައް މިއަހަރުވެސް އެރަށަށް ހިޖުރަ ކުރިކަމަށް އީވީގެ ރިޕޯޓަރު ބުންޏެވެ.

ފުޅަނގި ހިފުމާގުޅޭ ފޮޓޯތައް: ބ. ގޮއިދޫން އަހްމަދު ރިޔާޒު

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top