ޑަސްބިން ކުނިތައް ހިލަތައްމަތީގައާ، މޫދުގައި. ކައުންސިލް ހޫނުފެނަށް

16640704_10154726686173880_7819949625867251853_n.jpg

އޭދަފުށީ ހިއްކިބިމުގެ ރިވެޓްމަންޓް މައްޗަށް އުކާފައިވާ ޑަސްބިން ކުނިތަކެއް ކަމަށް ބުނާ ފޮޓޯ. / ފޮޓޯ ފޭސްބުކް

ބ. އޭދަފުށީގެ ގޭގެއިން ނަގާ ޑަސްބިން ކުނިތަކެއް އޭދަފުށީ ހިއްކި ސަރަހައްދުގެ ރިވެޓްމަންޓް މައްޗަށާއި، މޫދަށް އަޅާފައިވާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް ފޭސްބުކްގައި ދައުރުވަމުންދާން ފެށުމާއެކު އޭދަފުށީ ކައުންސިލް ހޫނުފެނަށް ވެއްޓިއްޖެއެވެ.

ފޭސްބުކްގައި ޝެއާކޮށްފައިވާ ފޮޓޯތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކައުންސިލަށް ދަނީ ފާޑުކިޔަމުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުން ކައުންސިލުން ކުނި ނެގުމަށް ބޭނުންކުރާ ޕިކަޕްތައް ރިވެޓްމަންޓާ ކައިރިކޮށް ހިލަތައް މަތިން މޫދަަށް ކުނިއުކާ މަންޒަރު ފެނެއެވެ.

ފޭސްބުކުގައި ދައުރުވަމުންދާ ފޮޓޯއެއްގައި ޕިކަޕުން ކުނިނަގާ މޫދަށް އަޅަނީ

މިމައްސަލައާ ގުޅިގެން ކައުންސިލަށް ބައެއް މީހުން ކިޔާފައިވާ ފާޑުތަކަށް ބަލާއިރު “ކަންކަމަށް ގާބިލް ނޫން މީހުން ތަންތަނަށް އިސްކުރީމާ ވާގޮތް ތީ” އަދި ” އަޅޭ މީދޯ ކުނިމެނޭޖް ކުރާގޮތަކީ. ވަރަށްމޮޅު އިނގޭ އޭދަފުށީ ކައުންސިލް” އާއި “މިހެން މިކަން ކުރަން ފީއެއް ނެގުމުގެ މާނައެއް ނެތް. ކޮންމެމީހަކަށްވެސް މޫދަށް ކޮތަޅު އެއްލާލެވޭނެ” ފަދަ ކޮމެންޓްތައް ފާހަގަކޮށްލެވެއެވެ.

މޫދަށް ޑަސްބިންކޮތަޅުތައް އަޅާފައިވާ ކަމަށް ބުނެ ދައުރުވާ ފޮޓޯއެއް

މިމައްސަލާގައި އޭދަފުށީގެ ބައެއް ވައިބަރ ގްރޫޕްތަކުގައިވެސް ހޫނު ޒުވާބުތައް ދަނީ ހިނގަމުންނެވެ. އެގޮތުން އޭދަފުށި ކައުންސިލްގެ ބައެއް ކައުންސިލަރުން ހިމެނޭ “ރިއަލް ޕީޕީއެމް” ގްރޫޕްގައި ހިމެނޭ އިސްބައެއް ބޭފުޅުން މިމައްސަލައަށް ވަރަށްބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި މިއީ ގާނޫނީ ކުށެއްކަމަށް ވާތީ މިކަމާ ފިޔަވަޅުއަޅަންޖެހޭކަމަށްވެސް ގްރޫޕްގައި ބައެއް ބޭފުޅުން ގޮވާލާފައިވެއެވެ.

ހިލަތަ މައްޗަށް ޑަސްބިން ކޮތަޅުތައް އަޅާފައިވާ ކަމަށް ބުނާ ފޮޓޯއެއް

ތިމާވެއްޓާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ “ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންލިބޭފަދަ ގޮތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ތަނަކަށް، ކުނި ނުވަތަ، ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެއެވެ”. މިގާނޫނާ ހިލާފުވާ ފަރާތްތަކުން މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 100 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ގާނޫނުގައި ވެއެވެ.

އޭދަފުށީގެ ގޭގެއިން ކުނި އުކާލުމުގެ މަސައްކަތް އޭދަފުށީ ކައުންސިލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ފެށީއްސުރެ އެމަޝްރޫއަށް ބޮޑެތި ފާޑުކިއުންތައް އޭދަފުށީ ރައްޔިތުންގެ ފަރާތުން ދަނީ ކުރިމަތިވަމުންނެވެ. އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ކުނި އުކުމަށް ބޭނުންކުރާ ޕިކަޕްތަކަށް ހޭދަކުރާ އަގާ، މިމަސައްކަތުން ލިބޭ އެއްޗެއް ދެކޮޅު ނުޖެއްސޭ މައްސަލައެވެ.

ފޭސްބުކުގައި ދައުރުވަމުންދާ ފޮތޯތަކުގެ ސްކްރީން ޝޮޓެއް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top