ސޮނޭވާއިން “ސޮނޭވާ ޖޫނިއަރހޯސްޓް” ޕްރޮގްރާމް ފަށައިފި

މިއަދު ސޮނޭވާގައި އޮތް ރަސްމިއްޔާތުގައި ސޮނޭވާގެ ސީއީއޯ މިސްޓަރ ސޯނޫ ވާހަކަ ދައްކަވަނީ.

މިއަދު ސޮނޭވާގައި އޮތް ރަސްމިއްޔާތުގައި ސޮނޭވާގެ ސީއީއޯ މިސްޓަރ ސޯނޫ ވާހަކަ ދައްކަވަނީ.

ރިސޯޓް ދާއިރާތަކުގައި ހަރަކާތްތެރިވާނެ ޒުވާނުން އުފެއްދުމުގެ ގޮތުން ސޮނޭވާފުށީގައި މިއަދު “ސޮނޭވާ ޖޫނިއަރ ހޯސްޓްޕްރޮގްރާމް “ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ އޭލެވެލް ނިންމާފައިވާ ކުދިންނަށް ޚާއްސަކޮށްގެން ހޮސްޕިޓަލިޓީ ދާއިރާގެމަސައްކަތް ތައް ކިޔަވައިދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ހިސާބުތަކުން 16 ކުދިން ބައިވެރި ވެފައިވެއެވެ. މި ކުދިން މަސައްކަތްކުރާނީ ސޮނޭވާގެ އެކި ޑިޕާޓްމަންޓްތަކުގައެވެ.

އެއްްއަހަރުދުވަހުގެ މުއްދަތަށް ކިޔަވައިދޭ މި ޕްރޮގްރާމްގައި ބައިވެރިވި 16 ކުދިން ހޮވިފައިވަނީ ޕްރޮގްރާމްގައި ބައިވެރި ކުރާނެ ކުދިން ހޯދުމަށް ސޮނޭވާގެ އިސް ޓީމެއް ރާއްޖޭގެ އެކި ހިސާބުގެ ރަށްތަކަށް ގޮސްގެން 200 ކުދިންނާ އިންޓަވިއު ކުރުމަށްފަހު ދިން ޓެސްޓަކުން ފާސްވެގެންނެވެ.

މި ކުދިންނަށް މިކަމުގެ ލިއުން ހަވާލުކުރުމުގެ ގޮތުން މިއަދު އެރިސޯޓްގައި އޮތް ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ލަތީފްއެވެ.

ޑރ.ލަތީފުގެ ވާހަކަފުޅުގައި ތައުލީމު ހާސިލްކުރެވޭނީ ހަމައެކަނި ގޮނޑީގައި އިނދެގެން ނޫންކަމާއި އަމަލީގޮތުން މަސައްކަތްކޮށްގެންވެސް ތައުލީމު ހޯދިދާނެއެވެ. އެއީ މާ ފައިދާ ހުރި ގޮތެއްކަމާއި ސޮނޭވާފުށިން މިހުޅުވާލީ އެފުރުސައުކަމުގައި ވިދާޅުވެ ސޮނޭވާގެ ސީއީއޯ މިސްޓަރ ސޯނޫ ޝިވްދަސާނީއަށް ތައުރީފްކުރެއްވިއެވެ. ސޮނޭވާއަކީ ޒުވާނުން ވަޒީފާތަކަށް ނެރުމުގައި  ވަރަށް ބޮޑު އިސްކަމެއް ދޭ ރިސޯޓެއްކަމަށާއި ރިސޯޓްތަކާއި ޔުނިވަރސިޓީ ގުޅިގެން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ޓްރޭނިންގއެ ޕްރޮގްރާމެއް ހިންގައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސޯނޫ ވިދާޅުވީ ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް ސޮނޭވާގްރޫޕުން ހުޅުވަން ނިންމާފައިވާ “ސޮނޭވާޖާނީ “އާއި “ސޮނޭވާއިން އަކްއާ ” ދެ ރިސޯޓުން އިތުރު ވަޒީފާތައް ލިބިގެންދާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top