އިސްލާމް ކިޔަވައިދޭން ބިދޭސީ ޓީޗަރުން ގެންނަން ވިސްނަނީ

edu.jpg

ދަރިވަރުން ހަރުކަށި ފިކުރާ ދުރު ކުރުވުމގެ ގޮތުން އިސްލާމް މާއްދާގެ މުގައްރަރު ރިވިޔުކޮށް، އިސްލާމް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ބައެއް ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ ‘މޭ 6 ކޮމެޓީ”ގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ، އެ ކޮމެޓީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކޮށް، ހަރުކަށި ފިކުރުގެ ނުރައްކާ ސްކޫލް ކުދިންނަށް އޮތް މިންވަރާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ކަރިކިއުލަމް ވެސް އެބޭފުޅުން ދަނީ ރިވިއުކުރަމުން ކަމަށާ އިސްލާމް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ލިޔުންތައް ދަނީ ބަދަލުކުރަމުން ކަމަށް އަފީފު ވިދާޅުވި އެވެ.

ނަމަވެސް އެއީ އެ ފޮތްތަކުގައި ހުރި ކޮންކޮން ލިޔުންތަކެއް ކަމަށް ވިދާޅެއް ނުވެއެވެ.

ހަރުކަށި ފިކުރަށް ހިތްވަރު ދިނުމަށް ހުރި ކަންކަން ހުއްޓުވުމަށް ޕްރެވެންޝަން ޕްރޮގްރާމެއް ވަރަށް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާކަން ފާހަގަކޮށް، އަފީފް ވިދާޅުވީ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ވެސް ގެނެސްގެން ކުދިންނަށް އުނގަންނައި ދިނުމަށް މިނިސްޓްރީން އެބަ ވިސްނަވަމުންދާ ކަމަށެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ޓާގެޓަކަށް ވެފައިވަނީ ނިކަމެތި ކުދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ކުދިންނަށް އެކިއެކި ކަންތައްތައް ކޮށްދިނުމަށްފަހު ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދެމުންދާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

”މެއި ހައެއް ކޮމެޓީ”ން ކޮންމެ ހަފްތާއަކުވެސް ގެންދަނީ އިސްލާމް މާއްދާއާ ގުޅުވައި ނުވަތަ އިސްލާމް ކިޔަވައިދޭ ޓީޗަރުންނާއި ގުޅުވައި ކޮންމެވެސް ވާހަކަތަކެއް ދައްކަމުންނެވެ. އެގޮތުން ނެޝަނަލް ޔުނިވާސިޓީގެ ދަރިވަަރުންގެ މެދުގައި ހަރުކަށި ފިކުރު އެބައޮތް ކަަމަށް އެއް ފަހަރު ވިދާޅުވިއެވެ. އަދި މިދިޔަ ހަފްތާގައި ބުނެފައިވަނީ އިސްލާމް ކިޔަވައިދޭ ޓީޗަރުން ދަރިވަރުން ހަރުކަށި ފިކުރަށް އަބުރަމުންދާ ކަަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top