ކާށިދޫ މީހަކު ހައްދަމުން ގެންދިޔަ ފަޅޯ ގަސްތަކެއް ކަނޑާ ވައްޓާލައިފި

6FE9D49A-F5A8-4DF9-B30F-03D4443CCAA9.jpeg

ކޮށާލާފައިވާ ދަނޑުތައް——ފޮޓޯ:ސީއެންއެމް

ދަނޑުވެރިކަމަށް މަޝްހޫރު ކ.ކާށިދޫގައި ދަނޑުވެރިއަކު ހައްދަމުން ގެންދިޔަ ފަޅޯ ދަނޑުގައި ހުރި 115 ފަޅޯ ގަސް ކަނޑާ ވައްޓާލައިފި އެވެ.

އެއީ 10 ޓަނުގެ ފަޅޯކަމަށް ކާށިދޫ ކައުންސިލުގެ ރައީސް މުހައްމަދު އާމިރު ވިދާޅުވި އެވެ.

277 ހެކްޓަރު ގެ މިރަށަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށްތަކުގެ ތެރެއިން 5 ވަނަ ރަށް ކަމަށް ވެފައި މި ރަށު މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ.

ދަނޑުވެރިޔާގެ ދަނޑުގައި ހައްދާފައިހުރި 118 ފަޅޯގަސް ކޮށާލާފައި ހުއްޓާ ފުރަތަމަ ފެނުނީ އިއްޔެ ހެނދުނު ވަލަށް ވަން ބަޔަކަށް ކަމަށާ އެ ޚަބަރު ދަނޑުގެ ވެރި ފަރާތަށް އެމީހުން ދިނުމުން  ދަނޑަށް އައިސް ބެލިއިރު ހައްދާފައިވާ 118 ފަޅޯގަހުގެ ތެެރެއިން 115 ފަޅޯޯގަސް ވަނީ ވަޅިން ޖަހައި މެދުން ބުރިކޮށްލާފައި ކަމަށް ދަނޑުގެ ވެރިމީހާ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެ އެވެ.

ސަތޭކައަށްވުރެ ގިނަ ފަޅޯ ގަސްތައް ހުރި މުޅި އެދަނޑު ބަޔަކު ކޮށާ ސުންނާފަތި ކޮށްލާފައި މިވަނީ އެ ފަޅޯގަސްތަކުގައި ފަޅޯ އަޅާ ބަރާވެފައި ވަނިކޮށެވެ. ކޮންމެ ހަފްތާއަކުހެން ފަޅޯކަނޑާ އެ ގަސްތަކުގައި މިފަހަރުވެސް ހުރީ ފަޅޯ ކަނޑަން ތައްޔާރުވެފަ އެވެ.

މާލޭ މާރުކޭޓަށް މިހާރު ހަފްތާއަކު ދެފަހަރު ފަޅޯ ބޭރު ކުރާއިރު މިކަމުން މަހެއްގެ މައްޗަށް 5000 އާއި 50،000ގެ އާއްމުދަނީ އެއް ދަނޑުގެ ވެރިޔާ ހޯދައެވެ.

ފުލުހުން މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top