އަތޮޅު ކައުންސިލުތަކުގެ ނާއިބުންނަށް މުސާރަ ބޮޑުކުރަނީ

Ez_xlZ1VgAIdYQH-1.jpg

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ--ފޮޓޯ : މަޖިލސް އިދާރާ

އަތޮޅު ކައުންސިލް ތަކުގެ ނައިބު ރައީސުންނަށް މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އަތޮޅު ކައުންސިލުގެ ރައީސް ހާލަތެއްގައި، ކައުންސިލުގެ އެންމެހައި ޒިންމާއަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނާއިބު ރައީސްސެވެ. އެކަން ފާހަގަ ކޮށް އަތޮޅު ކައުންސިލު ނައިބު ރައީސްގެ މުސާރަ އާއި ކައުންސިލު މެންްބަރުންގެ މުސާރައާ ދެމެދު ފަރަގެއް ހުންނަން ޖެހޭނެ ކަމަށް އެލްޖީއޭއިން ވަނީ މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީއާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލިއްޔަތު ކޮމިޓީން މަޝްވަރާ ކުރުމަށް ފަހު ފާސްކުރީ ، ކައުންސިލް މެންބަރުންނާއި އަތޮޅު ކައުންސިލުގެ ނާއިބު ރައީސްގެ މުސާރައާ ދެމެދު 1000 ރުފިޔާގެ ތަފާތެއް ހިމަނައި، އަތޮޅު ކައުންސިލުގެ ނައިބު ރައީސުންނަށް މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ކަނޑައެޅުމަށެވެ.

މުސާރައިގެ އޮނިގަނޑު އޮތް ގޮތުން، އަތޮޅު ކައުންސިލުގެ ރައީސުންނަށް މުސާރައާއި އެލަވަންސާއެކު 28،000 ރުފިޔާ ލިބޭނެއެވެ. ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ ލިބޭނެއެވެ. ސިޓީ ކައުންސިލުތަކުގެ މެންބަރުންނަށް 30،000 ރުފިޔާ ލިބޭނެއެވެ.

ރަށު ކައުންސިލުތަކުގެ ރައީސުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 20،000 ރުފިޔާ އަދި ރަށުކައުންސިލު މެންބަރުންނަށް މުސާރައާއި އިނާޔަތްތަކާއެކު 13،000 ރުފިޔާ ލިބޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top