ގައުމީ ޓީމުން ބާކީކުރީ ޓީމަށް އެރޭވަރަށް ނުކުޅެވެނީ ކަމަށް ވެދާނެ- ސައްޓު

163114_3_147afc1b32945370e0db76f58460c214009f4ca0_large.jpg

ސައްޓު --ފޮޓޯ : މިހާރު

ކޮވިޑަށް ފަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް އަލުން އެކުލަވާލި ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް ނެގި ސްކޮޑުން އޭދަފުއްޓަށް އުފަން އަދި ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) ބާކީކޮށްފިއެވެ.

ކޮވިޑްގެ ކުރިން ސައްޓު ވަނީ ގައުމީ ޓީމާއެކު މިއަހަރުގެ ކުރީކޮޅު ޕްރެކްޓިސް ކޮށްފައެވެ. އޭނާއަކީ މިދިޔަ ސީޒަންގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާވެސް މެއެވެ.

ކުޅިވަރު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސައްޓު ބާކީކުރީ ޕްރެކްޓިސްތަކުގައި އައު ކޯޗު ބޭނުންވާ ފެންވަރުގެ ކުޅުމެއް ނުދެއްކިގެން ކަމަށް ވެދާނެކަމަށެވެ.

ސައްޓު ވެސް ބުނަނީ ގައުމީ ޓީމަށް އެރޭ ވަރަށް ނުކުޅެވުނީ ކަމަށް ވެދާނެ ކަމަށާ އެކަމަކު ގައުމީ ޓިމުން ބާކީ ކުރި ސަބަބެއް އަދި އެނގިފައި ނުވާ ކަމަށެވެ.

ޓީސީއާއި ގައުމީ ޓީމްގައި ސައްޓު ކުޅެފައިވާ މެޗްތަކަށް ބަލާއިރު އޭނާ ފާހަގަކުރެވެނީ ފަހު ވަގުތާ ހަމައަށް ޓީމް މޮޅު ކޮށްދިނުމަށް ހިތްވަރާއެކު މަސައްކަތް ކުރާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ

ސައްޓުއަށް ވުރެ ދަށް ކުޅުންތެރިން ގައުމީ ސްކޮޑްގައި ހިމެނިފައިވާއިރު ސައްޓު ބާކީ ކުރުމުން ގިނަބަޔަކު ދަނީ އެކަމަށް ފާާޑު ކިޔަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top