ރޯދަ ހަދިޔާގެ ގޮތުގައި މާޅޮހު ކައުންސިލްގެ ފަރާތުން އެރަށު ރައްޔިތުންނަށް 500 ކިލޯ ފިޔާ ބަހައިފިއެވެ.
މާޅޮހު ކައުންސިލުން ބުނީ 500 ކިލޯ ފިޔާ އިއްޔެ ހަވީރު ބަހާ ނިމުނު އިރު ކޮންމެ ގެއަކަށް 5 ކިލޯ ފިޔާ ދެވުނުކަމަށެވެ. އެކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މިއީއެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކައުންސިލް މެމްބަރުން ރައްޔިތުންނަށް ދޭ ހަދިޔާއެއްކަމަށާ، މިއަހަރުގެ ހަދިޔާ ދިނުން ލަސްވީ މޫސުންގޯސްވެ ފިޔާ ގެނައުމުގައި ދަތިތަކެއް ދިމާވެގެން ކަމަށެވެ.
“މޫސުން ގޯސްވެގެން ލަސްވީ، ދެން އިރާދަކުރެއްވިއްޔާ އިއްޔެ ނިމިއްޖެ ބަހާ” ޝުޖާއު ވިދާޅުވިއެވެ.

2015 ވަނަ އަހަރު މާޅޮހު ކައުންސިލްއިން އެރަށުގެ ގޭގެއަށް ރޯދަހަދިޔާގެ ގޮތުގައި ބިސް ޓްރޭ ހަދިޔާ ކުރަނީ / ފޮޓޯ: މާޅޮހު ކައުންސިލް
އޭނާ ވިދާޅުވީ އަންނަ އަހަރުވެސް ކައުންސިލް މެމްބަރުންގެ ފަރާތުން ރައްޔިތުންނަށް ކޮންމެވެސް ހަދިޔާއެއް ދޭނެކަމަށެވެ.
600 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ މާޅޮހު ރައްޔިތުންނަށް އެރަށު ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި 2014 ވަނަ އަހަރު އޮރެންޖު ބަހާފައިވެއެވެ. އަދި 2015 ވަނަ އަހަރު ބިސްޓްރޭއެއް ކޮންމެ ގެއަކަށް ބެހިއިރު، މިދިޔަ އަހަރުވެސް ކޮންމެ ގެއަކަށް ދީފައިވަނީ 5 ކިލޯ ފިޔާއެވެ.