އޭދަފުށި ފުޓްބޯޅަ ޓީމް ކުޅުދުއްފުށްޓަށް ދިއުމަށް ފުރައިފި

DSCN6147.jpg

4ޖުލައި 2017 - އެދަފުށީ ފުޓްބޯޅަ ޓީމް ކުޅުދުއްފުއްޓަށް ދިއުމަށް ރަސްމީ ފާލަމުގައި - ފޮޓޯ : އީވީ

އެސްޓީއޯ މިނިވަން50 ޗެމްޕިއަންޝިޕްގެ ފައިނަލް މެޗްތައް ކުޅުމަށް އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުދުއްފުއްޓަށް ދިއުމަށް މިއަދު ފުރައިފިއެވެ.

ޓީމަށް އަލްވަދާއު ކިއުމަށް ރަށު ކައުންސިލްގެ މެންބަރުންގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކު ނަސީރުއާއި ބައެއް މުވައްްސަސާތަކުގެ މުވައްޒަފުންނާއި ވެރިން އަދި ޓީމަށް ސަޕޯޓްކުރާ އެތައްބަޔަކު ވަނީ ރަށުގެ ރަސްމީ ފާލަން ކައިރިއަށް ޖަމާވެފައެވެ.

ފުޓްބޯޅަ ޓީމަށް ހިތްވަރުު ދިނުމުގެ ގޮތުން ކައުންސިލްގެ ރައީސް ކުޅުންތެރިންނާ މުޚާތަބް ކުރައްވައި މިދިޔަ އަހަރު ދެއްކި ފަދަ މޮޅު ކުޅުމެއް ދައްކައިގެން މި ފަހަރުގެ ވެސް އަމާޒަކަށް ވާންޖެހޭނީ ތަށިކަމާއި އޭދަފުށީ ރައްޔިތުންގެ އުއްމީދަކީވެސް އެއީ ކަމުގައެވެ.

“އަޅުގަނޑުމެން އެންމެންގެ ހެޔޮ ދުއާތައްވަނީ ތިޔަ ޒުވާން ފުޓްބޯޅަ ޓީމާ އެކުގައިކަން އަބަދުވެސް ހަނދާންކުރައްވާތި. އޭދަފުށީގެ ލޮބުވެތި ރައްޔިތުންނަށް  މި ދިޔަ އަހަރުވެސް ގެނެސްދިން އުފާވެރިކަން މިއަހަރުވެސް ގެނެސްދެވޭތޯ ކޮންމެ ކުޅުންތެރިއަކުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާތި. އޭދަފުށީ ކައުންސިލަކީ  ތިޔަ ޒުވާން ފުޓްބޯޅަ ޓީމްގެ ބެލެނިވެރިޔާ ކަމަށް ވީހިނދު ނަސޭހަތުގެ ގޮތުންވެސް ބުނެލަން އޮތް ހަމައެކަނި ވާހަކައަކީ އެކުވެރިކަމާއކު ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކޮށްފިނަމަ ކާމިޔާބަކީ އަޅުގަނޑުމެންގެ ހައްގެކޭ.” ހައްވަ ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ވެސް ޓީމާ މުޚާތަބްކުރައްވައި ވިދާޅުވީ މިދިޔަ އަހަރަށްވުރެ މި ފަހަރުގެ ޓީމް ވަރުގަދަކަމާއި ރޭވުމާއި އިންތިޒާމްވެސް ކުރީފަހަރަށްވުރެ ރަނގަޅުކަން ފާހަގަ ކުރެޥޭ ކަމަށާއި އެކަން ކުޅުން ތެރިންގެ މީނުމަތިންވެސް ފެންނަ ކަމުގައެވެ.

ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އޭދަފުށި ނިކުންނާނީ ކުޅުދުއްފުއްޓާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖުލައި 10 ވަނަ ދުވަހު ށ. މިލަންދޫއާ ވާދަކުރާއިރު ގްރޫޕުގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު ވާދަކުރާނީ އއ. މާޅޮހާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top