ކުނިގޮނޑުގައި އަލިފާން ރޯވެ ފުލުހުންނާ, ޒުވާނުން ނުކުމެ ނިއްވާލައިފި!

kuni-gondu.jpg

އޭދަފުށީ އިރުމަތީ ސަރަހައްދު ކުނިގޮނޑުގައި އާދަޔާ ހިލާފަށް އަލިފާން ރޯވެ އަދަމުންދަނިކޮށް ފުލުހުންނާ، ޒުވާނުން ނުކުމެ ފެންޖަހައިގެން ކުނިގޮނޑު ނިއްވާލައިފިއެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި ކުނިގޮނޑުގައި ރޯވެ އަނދަމުން ދަނިކޮށް ފުރަތަމަ ފާހަގަކުރެވުނީ ކައުންސިލް މެމްބަރަކަށްކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އެހިސާބުން އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާ އާންމުންގެ އެހީއަށް އެދުނީކަމަށް ކައުންސިލުން ބުނެއެވެ.

“ވަގުތުން ފުލުހުންނާ، ޒުވާނުންކޮޅެއް ގުޅިގެން ނުކުމެ ޕަންޕު ގުޅައިގެން މޫދުން ފެންޖަހާލީ. ދެގަޑިއެއްހާއިރު ތެރޭގައި މުޅިން ކޮންޓްރޯލް ވެއްޖެ” ކައުންސިލަރ މުހައްމަދު ރާމިޒް ވިދާޅުވިއެވެ.

ހަވީރު 4 ޖަހާއެހާކަން ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުން ނުވި ނަމަވެސް ރަށުގެ އާންމުންނަށް މިކަމުގެ ސަބަބުން ދަތިތަކަކާ ދިމާވިއެވެ. އެގޮތުން ކުނިގޮނޑު ނިއްވާލަން މަސައްކަތް ކުރިވަގުތު އިރުމަތީ އަވަށުގެ ޖައްވުގައި ދުންބޯވެ އާންމުންނަށް އެކިކަހަލަ އުނދަގޫތައް ދިމާވިކަމަށް ކައުންސިލުން ބުނެއެވެ.

އޭދަފުށީ ކުނިގޮނޑު ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބައެއް އާންމުން ކުނިއެންދުމަށް ރޯކުރުމުގެ ސަބަބުން އާންމުންނަށް ދަތިވެގެން ކައުންސިލުން ނުކުމެ ނިއްވައި ހަދައެވެ. ނަމަވެސް މިއަދު ހިނގި ހާދިސާގައި މުޅި ގޮނޑުވަނީ އަނދައިގެން ގޮސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top