ފިޔާ، ބިސް، އަލުވި ހެޔޮއަގުގައި އެސްޓީއޯއިން ވިއްކަނީ

onion.jpg

ބާޒާރުގައި މިހާރު ވިއްކާ އަގުތަކަށްވުރެ ހެޔޮކޮށް، ފިޔާ، އަލުވި އަދި ބިސް އެތެރެކޮށް އެސްޓީއޯއިން ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ފިޔާ، އަލުވި، އަދި ބިސް ސުޕަމާޓާއި އެ ކުންފުނީގެ ވިލިމާލެ ފިހާރަ އިން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން މިތަކެތި ހުޅުމާލެ ފިހާރަ އިން ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ފިޔާ އަދި އަލުވި ކިލޯއެއް ވިއްކަނީ ހަތް ރުފިޔާ އަށެވެ. އަދި ކުކުޅު ބިހެއް ވިއްކަނީ 1.25ރ. އަށެވެ. ނަމަވެސް ބާޒާރުގައި އާއްމު ގޮތެއްގައި ކުކުޅު ބިހެއް މިހާރު ލިބެން ހުރީ 1.75ރ. އަށެވެ. އަދި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކަނީ 12 ރ އަށްވުރެ ބޮޑުކޮށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ރޯދަ މަހު އަގުތައް މައްޗަށްދާ އާންމު ކާބޯތަކެތީގެ ބާވަތްތައް ދުރާލައި ރާއްޖެ އެތެރެ ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ރޯދަ މަހުގެ ތެރޭގައި އެފަދަ ބާވަތްތަކުގެ ޝޯޓޭޖެއް ކުރިމަތި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“މިހާރު އަޅުގަނޑުމެން އަމާޒުކޮށްފައި އޮތީ ފިޔާ އަދި އަލުވި ކިލޯއެއް 10ރ. އަށް ވުރެ ބޮޑުކޮށް އަޅުގަނޑުމެން ނުވިއްކާނަމޭ. ބިސް ވެސް އަޅުގަނޑުމެން ވިއްކާނީ 1.25ރ. އަށޭ. މި އަށް ވުރެ އަގު ހެޔޮ ވުމުގެ ފުރުސަތު ވެސް އެބަ އޮތް،” އާޒިމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top