ކޮންމެ ކައުންސިލަކަށް ފާރަވެރިއެއް ލަނީ.

103497_2a983f88-c_-1.jpg

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ --- ފޮޓޯ: ރާއްޖެއެމްވީ

ރާއްޖޭގެ ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހަކު ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެން ފިޔާޒު ވިދާޅުވެއްޖެ އެވެ. ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިޔާޒު ވިދާޅުވީ ލާމަރުކަޒީ ކުރި ނަމަވެސް ބައެއް ކައުންސިލަރުން ދަނީ މަހަށް ކަމަށާއި، ހާމަކުރަންޖެހޭ މައުލޫމާތެއް އަދި ކައުންސިލަތަކުން ބާއްވާ ބައްދަލުވުންތަކުގެ މައުލޫމާތު ވެސް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

“މި މަހު މި ފަށަނީ މިކަމަށް ހަރަކާތްތެރިވާނެ އާރުޓީއައި އެކްޓިވިސްޓުން، ދިވެހި ބަހުން ބުނާނަމަ މަހޯލި ހަރަކާތްތެރިން އުފެއްދުމުގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް. މިހާތަނަށް 50 މީހުން އެބައޮތް ބައިވެރިވެއްޖެ. ” ފިޔާޒު ވިދާޅުވި އެވެ.

އަމާޒަކީ ކޮންމެ ރަށަކަށް އޭގެ މީހަކު އުފެއްދުން ކަމަށާއި އޭރުން ވަރަށް ބޮޑަށް ކޮރަޕްޝަން މަދުވެގެންދާނެ ކަމަށާ އެއީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ބައެއްކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަށް ދީފައިވާ ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަމުން ފިޔާޒު ވިދާޅުވީ އެ ކޮމިޝަނަށް ބަޖެޓުގައި ހިމަނާފައިވާ ހަތަރު މިލިޔަން ރުފިޔާއަކީ ނޭވާލެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށެވެ. އަދި އޮފީހުގެ ހާލަތު ވެސް ހުރީ ދަށް ފެންވަރެއްގައި ކަމަށާއި އިދާރާއަކަށް ބަޖެޓް އިތުރުކޮށްދޭނަމަ އެ އޮފީހަށް ބަޖެޓް އިތުރުކޮށްދިނުމަށް ފިޔާޒު ވަނީ އެދިފައެވެ.

އަދި ބަޖެޓު ކުޑަ ނަމަވެސް ހަރަދުތައް ކުޑަކޮށްގެން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ފިޔާޒު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top