ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަަމައަށް ޔެލޯ އެލާޓް ނެރެފި

DSCN9363.jpg

މޫސުން ގޯސް ދުވަހެއް--އީވީ ފޮޓޯ

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ޔެލޯއެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިރޭ ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައި ވަނީ މިރޭ 9:00އިން ފެށިގެން 11:00 އާއި ހަމައަށް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަގަވާނެކަމަށް ލަފާކުރެވޭ ކަމުގައިވެސް އެލާޓްގައި ބުނެފައިވެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓްއޮފީހުން ލަފާ ކުރެއެެވެ.

”ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top