މެޑްޓެކް އިން ވިއްކި ސުކޫކަށް 20 މިލިއަން ރުފިޔާ

Corp-Feature-Photo-78.png

ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ވިއްކާ ފުރަތަމަ ސުކޫކް މެޑްޓެކްއިން ވިއްކައި އެއްމަސްދުވަހުގެ ތެރޭގައި 20 މިލިއަން ރުފިޔާ ހޯދައިފިއެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ސުކޫކަށް ފައިސާ ހޯދިއިރު، ސުކޫކަށް އިންވެސްޓު ކުރުމަށް ހުޅުވާލީ މިދިޔަ އެޕްރީލް މަހު 19 ވަނަ ދުވަހުއެވެ. މި ސްކޫކު ހުޅުވާލީ 30 މިލިއަން ރުފިޔާއަށް ވިއްކުމަށެވެ. ސުކޫކުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހު ހަމަވިއިރު، 20 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ސްކޫކުގެ ލީޑް އެރޭންޖަރު ފަސްޓް ނޭޝަނަލް ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި ސުކޫކުގެ މުއްދަތަކީ 7 އަހަރެވެ. މި ސުކޫކަށް އިންވެސްޓް ކުރާ ފަރާތްތަކަށް އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު، ނުވަ އިންސައްތަ ފައިދާ ލިބޭނެއެވެ.

ފަސްޓް ނޭޝަނަލް ކޯޕަރޭޝަނުގެ ސީއީއޯ ހަސަން ޒިޔަތު ސްކޫކުގެ ކާމިޔާބީއާއި ގުޅޭގޮތުން ވިދާޅުވީ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން ޝަރީއާ ގަބޫލުކުރާ ޕްރޮޑަކްޓަކަށް މިދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި ވިޔަނަ ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ 237 އިންވެސްޓަރުންގެ ތެރެއިން ގިނަ އަދަދެއްގެ އިންވެސްޓަރުން މެޑްޓެކްގެ ސުކޫކުގައި ބައިވެރިވި ކަމަށެވެ.

އެ ސުކޫކް ގަތް އިންވެސްޓަރުންނަށް ފައިދާގެ ގޮތުގައި ނުވަ ޕަސެންޓް ލިބޭނެ ކަމަށް ފަސްޓް ނެޝަނަލް އިން ލަފާ ކުރެ އެވެ. މި ސްކޫކްގެ ފައިދާ ބަހާނީ އަހަރަކު ދެ ފަހަރު އެވެ. ސުކޫކްގެ މުއްދަތަކީ ހަތް އަހަރު ދުވަހެވެ.އަދި ކުރިއަށް އޮތް ތަނުގައިވެސް އިންވެސްޓް ކުރުމަށް މިފަދަ ގިނަ ފަހި ފުރުސަތުތަކެއް ރާއްޖޭގެ ކެޕިޓަލް މާކެޓަށް ތައާރަފް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މި ސުކޫކު ވިއްކުމަށް ހުޅުވާލާފައިވަނީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށެވެ. މެޑްޓެކް ޑައިގްނޯސްޓިިކްސްގެ ސުކޫކު ވިއްކުމަށް ހުޅުވާލުމުގެ ހުރިހާ މަސައްކަތެއްކޮށް ލީގަލް ފްރޭމްވޯކް ތައްޔާރުކޮށްފައިވަނީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއިންނެވެ.

މެޑްޓެކް އިން މި ސުކޫކް ވިއްކަނީ، ހުޅުމާލޭގައި އެކުންފުނިން ގާއިމް ކުރުމަށް ހަމަޖެހިފައިވާ ހެލްތް އެންޑް ވެލްނެސް ސެންޓަރަށް ފައިސާ ހޯދުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top