ވަކި ސިނގިރޭޓް ވިއްކުން މަނާކުުރުމަށް ރައީސަށް ލަފާއަރުވައިފި

77752546-concept-for-quitting-smoking-close-up-of-a-cigarette-pack-and-stop-smoking-sign-on-the-table.jpg

Concept for quitting smoking. Close up of a cigarette pack and Stop smoking sign on the table

ސިނގިރޭޓް ބުއިމުގެ ނުބައި އާދަ ހުއްޓުވުމުގެ ގޮތުން ، ވަކި ސިނގިރޭޓް ވިއްކުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ގަވައިދަށް އަމަލު ކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުއްވައިފި އެވެ.

މިއަދު އޮތް ކެބިނެޓް ޖަލްސާގައި ހެލްތު މިނިސްޓްރީން ހުށަހަޅާފައިވާ ހުށަހެޅުމަށް މަޝްވަރާ ކުރެއްވުމަށް ފަހު، އެ ގަވައިދަށް އަމަލު ކުރަން ފެށުމަށް ވަނީ ފާސް ކޮށްފައެވެ.

ހެލްތްގެ ގަވައިދުގައި ބުނެފައިވަނީ ރާއްޖޭގައި ވިއްކާ ސިނގިރޭޓް ފޮށީގެ 90 ޕަސެންޓުގައި ދުންފަތުގެ ސަބަބުން ޖެހޭ ބައްޔެއްގެ މަންޒަރެއް ހިމަނަން ޖެހޭ ކަމަށެވެ. އެއީ ހަގީގީ މަންޒަރަކަށް ވާންޖެހޭ އިރު އެގޮތުން ޖަހާ ފޮޓޯތައް ހެލްތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ގާނޫނީ ގޮތުން ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމުމަށް ފަހު “ދުންފަތުގެ ބާވަތްތައް ޕެކޭޖްކުރުމާއި ލޭބަލް ކުރުމާ ބެހޭ ގަވައިދު” ހަދައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ 2017 ގެ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް ކުރީގެ ސަރުކާރު ނިމުނުއިރު ވެސް އެ ގަވައިދު ގެޒެޓެއް ނުކުރެ އެވެ.

2007ވަނަ އަހަރު ރާއްޖެ ސޮއިކޮށްފައިވާ “ފްރޭމްވޯކް ކޮންވެންޝަން ފޯ ޓޮބެއިކޯ ކޮންޓްރޯލް،” މުއާހަދާގައި ބުނާގޮތުން އަހަރެއްގެ ތެރޭގައި އެ ގަވައިދު ތަންފީޒުކުރަން ޖެހެ އެވެ.

މިހާރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެ މުއާހަދާއަށް އަމަލުކުރަމުން ދާއިރު ސާކް ގައުމުތަކުން އެ ގަވައިދަށް އަމަލު ނުކުރަނީ ހަމައެކަނި ދިވެހިރާއްޖެއެވެ.

ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރި ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top