އެއީ ތެދެއް، އަހަރެން އިސްލާމްވެއްޖައިން : ދީޕިކާ ކަކަރް

d1.jpg

ކަލާސް ކަލާޒް ޗެނަލް އިން ގެނެސްދޭ ޓީވީ ސީރީޒް ، ‘ސަސުރާލް ސިމަރް ކާ’ގެ ބަތަލާ ދިޕިކާ ކައްކަރް އިސްލާމް ވެއްޖެއެވެ. އޭނާ އިސްލާމް ވެފައިވަނީ އޭނާއާއެކު އެ ޑްރާމާގައި ފެންނަ އެކްޓަރ ޝުއައިބު އާ ކައިވެނި ކުރަންވެގެންނެވެ.

އިސްލާމް ވުމަށް ފަހު އޭނާގެ ނަމަކީ ފާއިޒާއެވެ.

މި ޚަބަރު ޔަގީން ކޮއްދެމުން ދިޕިކާ ބުނެފައިވަނީ އެއީ ތެދެއް ކަމާއި އިސްލާމް ވީ އެއްވެސް ފަރާތެއްގެ ފިއްތުމެއް ނުވަތަ މަޖްބޫރުކަމެއް ނެތި އަމިއްލައަށް އެގޮތް ގަބޫލުކުރެވިގެން ކަމަށެވެ.

“އެއީ ތެދެއް. އެކަމަކު އެއީ ކީއްވެގެން ކަމާއި ކޮން އިރަކު ކަމާމެދު މީޑިއާގެ ކުރިމަތީގައި ވާހަކަ ދެއްކުމަކީ މުހިއްމުކަމެެއް ކަމަކަށް ނުދެކެން. ” ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ އޮން ސްކްރީންގައި ހިނގާ ހުރިހާ ކަމެއްގެ ވާހަކައާއި ހުރިހާ އުފަލެއްގެ ވާހަކަވެސް މީޑިއާ އާއި ހިއްސާކުރަމުން އައި ކަމަށާއި އެކަމަކު އަހަރުމެންގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް އެއްވެސް މީހަކު ވަނުމަށް އަހަރެން ހުއްދައެއް ނުދެވޭނެ ކަމަށެވެ.

ފާއިޒާ އާއި ޝުޢައިބުގެ ކައިވެނި ކުރެވުނީ 22 ފެބްރުއަރީ 2018 ގައެވެ. މިދެމަފިރިން ވަނީ މިދިޔަ އަހަރު ގެނެސްދިން ” ނަޗް ބަލިޔޭ” ޑާންސް ޝޯވ ގައިވެސް  ބައިވެރިވެފައެވެ. ޝުޢައިބު ފާއިޒާ ގާތު ކައިވެންޏަށް އަހާފައި ވަނީ އެ ޝޯވ ގެ ތެރެއިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top