މިފަހަރު ބިގްބޮސް ކާމިޔާބު ކުރީ ރުބީނާ

img_md_20210222063048.jpg

”ކަލާސް ޓީވީ” އިން ކޮންމެ ރެއަކު ދައްކަމުން ގެންދާ ބިގްބޮސް ޝޯއަކީ ދިވެހިންގެ ވެސް ގިނަ ބަޔަކު ބަލަމުން ގެންދާ ޝޯއެކެވެ. މިޝޯގެ ގްރޭންޑް ފިނާލޭ ރޭ ދައްކާފައިވާއިރު މި ޝޯ ކާމިޔާބު ކޮށްފައިވަނީ ޝޯ ފެށުނީއްސުރެ 20 ހަފްތާ ވަންދެން އެއްވާނެއްގައި ހިފަހައްޓަމުން އައި ޓީވީ އެކްޓްރެސް، ރުބީނާ ދިލަކް އެވެ.

ރުބީނާ، ބިގްބޮސް ކާމިޔާބު ކުރިކަން އިއުލާނު ކުރީ ރޭ ކުލަގަދަ ރަސްމިއްޔާތަކާއެކު ގްރޭންޑް ފިނާލޭ ފާހަގަކުރުމަށް ކަލާސް ޓީވީ އިން ލައިވް ކޮށް ކުރިއަށް ގެންދިޔަ ޝޯގައި ބިގްބޮސްގެ މުޅި ޝޯ ވެސް ހޯސްޓް ކޮށްދިން ސަލްމާން ޚާންއެވެ.

ރުބީނާ ކުރިން ބުނީ އޭނާ ބިގް ބޮސް ގެއަށް ފިރިމީހާ، އަބިނާވް ޝުކްލާއާ އެކު އައީ އެ ދެމީހުންގެ ކައިވެނި ސަލާމަތްކުރުމަށް ކަމަށެވެ.

އެގޮތުން އޭނާގެ ކައިވެންޏާ ބެހޭ ގޮތުންވެސް ވަނީ ޝޯގެ ތެރޭގައި އެކި ފަހަރު މަތިން ވާހަކަ ދައްކާފައެވެ.

ރުބީނާ އަކީ މިފަހަރުގެ ޝޯގައި ބަރާބަރު 20 ހަފްތާ ބިގްބޮސް ގެ ގޭގައި ހޭދަކުރި ހަމައެކަނި ބައިވެރިޔާވެސް މެއެވެ.

ރުބީނާ، 33، އަކީ އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާއެކެވެ. އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި “ޗޯޓީ ބަހޫ” އާއި “ޝަކްތީ” އަދި “ޕުނާރު ވިވާ” ފަދަ ސިލްސިލާތައް ހިމެނެ އެވެ.

ރުބީނާ އަށް “ބިގް ބޮސް 14” އިން ފުރުސަތު ލިބުނީ ފިރިމީހާ/އެކްޓަރު އަބިނާވް ޝުކްލާއާ ވެސް އެކީގަ އެވެ. އެކަމަކު ޝޯ ނިމެންދެން ހަފުތާއަށް ވެފައި ވަނިކޮށް އޭނާ ވަނީ ކަޓައިފަ އެވެ.

ބިގްބޮސް ގެ ކޮންމެ ސީޒަނަކަށްވެސް ކަނޑައަޅާފައިވަނީ 50 ލައްކަ ރުޕީސް އެވެ. ނަމަވެސް 14 ކާމިޔާބު ކުރި ރުބީނާއަށް ލިބިފައިވަނީ 36 ލައްކަ ރުޕީސް އެވެ. އެއީ ބިގްބޮސްގެ ފައިނަލާ ހަމައަށްދާ ގަދަ ފަހަކާ އެކު، ކޮންމެވެސް އެއް ބައިވެރިޔަކަށް އޭނާ ގަދަ ތިނެއްގައި ނުހިމެނޭކަން އަމިއްލަ އަށް ޔަގީންވާ ނަމަ އިނާމުން ބައެއް މިލްކޮށްގެން ފިނާލޭ ރޭހުން ވަކިވުމުގެ ފުރުސަަތު ދޭއިރު މިފަހަރު އެގޮތަށް ދިނީ 14 ލައްކަ އެވެ. އެއާ އެކު ސީޒަން ކާމިޔާބުކުރާ މީހަކަށް ކަނޑައަޅާފައި އޮންނަ 50 ލައްކަ އިން އެ ބައި އުނިވީ އެވެ.

ސީޒަންގެ ތިންވަނަ ލިބުނީ ނިކީ ތަމްބޯލީއަށެވެ.

މިި ފަހަރު ގަދަ 5 އަށް ދިޔަ ފަސް ބައިވެރިންގެ ތެރޭގައި ދެން ހިމެނުނީ ދެ ފަހަރެއްގެ މަތިން ޝޯ އިން ފުރުސަތު ލިބުނު އަލީ ގޯނީ އެވެ. އޭނާ އަކީ “ބިގް ބޮސް 14” ގެ އޮރިޖިނަލް ބައިވެރިންގެ ތެރޭގައި ހިމެނުނު ޖޭސްމީން ބާސީންގެ ލޯބިވެރިޔާ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top