ރާއްޖޭގައި ކޮވިޑް ވެކްސިން ދިން އަދަދު ހަތްދިހަ ހާހުން މައްޗަށް

thumbs_b_c_04bda0229eba56aa76670cf105021b6c.jpg

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ކޮވިޑް ވެކްސިން ދީފައިވާ މީހުންގެ އަދަދު 74966 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ޑޭޓާ އިން ހާމަކޮށްފި ެވެ.

ހަމައެކަނި އިއްޔެވެސް އަތޮޅުތެރެއިން 1,694 މީހުންނަށާއި، އަދި މާލެ ސަރަޙައްދުން 3,310 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 57،039 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 17،927 މީހަކަށް ވެކްސިން ދީފައި ވެއެވެ.

އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 103 މީހުންނާއި، އަތޮޅުތެރެއިން 20 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 34 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،769 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 16،196 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 60 މީހުން ނިޔާވެެއްޖެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top