ހުކުރު ނަމާދުގައި ގުނޫތު ކިއުން ހުއްޓާލަން އަންގަވައިފި.

DSCN1353.jpg

އޭދަފުށި މަސްޖިދު މުޢީނުންދީން މިސްކިތް- އީވީ ފައިލް ފޮޓޯ

ހުކުރު ނަމާދުގައި ޤުނޫތު ނާޒިލާ ނުކިޔުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލުތަކަށް އަންގައިފިއެވެ.

ކޮވިޑް -19 އާއި ގުޅިގެން މިއަހަރުގެ އެޕްރީލް މަހުގެ 08 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މިސްކިތްތަކުގައި ކޮންމެ ނަމާދެއްގައި އަދި ހުކުރު ނަމާދުގައި ގުނޫތު ނާޒިލާ ކިޔަން އަންގާފައި އޮތްނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ހާލަތާއި ހުރެ މިދުވަސްވަރުގެ ހާލަތާއި ގުޅޭގޮތުން ކިޔަން ޖެހޭ ދުޢާތައް ހުކުރު ހުތުބާގައި ހިމަނާފައި ވާތީ ހުކުރު ނަމާދުގައި ދުއާ ކިޔުމަކީ އިސްލާމިކް މިނިސްޓްރީން ބާރުއަޅާ ކަމެއް ނޫން ކަމަށެވެ.

މިކަން އަންގާ އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ކައުންސިލްތަކަށް ސަރކިއުލަރ އެއް ނެރެފައެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ މިސްކިތްތަކުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އޭޕްރީލް މަހު ހުއްދަ ދިނުމުން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ފަރުޟު ނަމާދުތަކުގެ އިތުރުން ހުކުރު ނަމާދުގައި ވެސް ގުނޫތު ކިޔަމުން އައިސްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ހުކުރު ނަމާދުގައި ގުނޫތު ނުކިއުމަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް އޭދަފުށީގެ ބޮޑު މިސްކިތުގައި މިއަދުގެ ހުކުރު ނަމާދުގައިވެސް ވަނީ ގުނޫތު ކިޔާފައެވެ.

ބޮޑެތި ބަލިތަކާއި ކާރިސާތަކާއި ގުޅިގެން މީގެކުރިން ވެސް ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތާއި، ހާއްސަ ދުޢާތައް ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top