މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި

C5fPxQxUwAEhPUR.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

5939 ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

މި އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އިތުރުން މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވެ އެވެ.

މި އިމްތިހާނުގައި މިއަދު އޮތީ ކެމިސްޓްރީ ޓެސްޓެވެ.

މިއަހަރު އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރީލް މަހުގެ 13ވަނަ ދުވަހާއި 14ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އިމްތިހާނުގައި 181 ދަރިވަރަކު ބައިވެރިވިއެވެ.

އޯލެވެލް އިމްތިހާނު ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތުގެ ދަށުން 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ޗުއްޓީއަށް ދާނީ މިއަހަރުގެ ޖޫން މަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top