ފުޅަދުއާއި ކިހާދޫ ކައުންސިލަށް އެސްޖީ އިން ހޯދަނީ

a6a87e94-52f2-49e7-b9a5-3fb2908d1c3f_30-Sep.jpg

ސިވިލް ސާވިސް ކޮމިޝަނާއި ރަށެއްގެ ކައުންސިލްގެ ބައްދަލުވުމެއް --- ފޮޓޯ: ސީއެސްސީ

ބ.ފުޅަދުއާއި ކިހާދޫ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މި ދެރަށް ހިމެނޭހެން ރާއްޖެތެރޭގެ 38 ރަށެއްގެ ރަށު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ވަނީ އިއުލާންކޮށްފައެވެ.

މި ރަށްރަށުގެ ކައުންސިލަށް ދެ ރޭންކަކުން އެސްޖީއިން ނެގުމަށް ހަމަޖެހިފައިވާއިރު އެންމެ މަތީ ރޭންކުގެ އެސްޖީއެއްގެ މުސާރައަކީ އަސާސީ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސާއެކު 16،100ރ. އެވެ. ދެވަނަ ރޭންކުގެ އެސްޖީއިންގެ މުސާރައަކީ 15،285ރ. އެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް ލިބިގެންދާއިރު ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބިގެން ދާނެއެވެ.

އެސްޖީންގެ ހުންނަން ޖެހޭ ޝަރުތުތަކާއ ވަޒީފާގެ މަސްއޫލިއްޔަތުތައް ސީއެސްސީގެ އިއުލާނުގައި ލިޔެފައިވެ އެވެ.

އެ މަގާމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ މެއި 17، ވަނަ ދުވަހުގެ 14:00 ގެ ކުރިން ކަމަށް ވެސް އިއުލާނުގައި ވެއެެވެ.

ސީއެސްސީން ބުނީ މި މަގާމަށް މީހުން އައްޔަން ކުރާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލަކީ ކައުންސިލު އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަންޖެހޭ ފަރާތެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން، އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top