އާސަންދަ ބަޖެޓުގެ 82 ޕަސެންޓް ހުސްވެއްޖެ

aasandha-ޔޔ.jpg

މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އާސަންދަ ބަޖެޓުގެ 82 ޕަސެންޓް ހުސްވެއްޖެ އެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.

މިނިސްޓްރީން އިއްޔެ އާއްމުކުރި ވީކްލީ ފައިނޭންޝަލް ރިޕޯޓުން ދައްކާ ގޮތުގައި 4 މެއި 2023 ގެ ނިޔަލަށް އާސަންދައިން 862 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެއީ އާސަަންދައަށް ކަނޑައެޅި ބަޖެޓުގެ 82.4 ޕަސެންޓެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 51.7 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އާސަންދައިން ހޭދަކޮށްފައިވަނީ 567.9 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުގެ ތެރއިން އަހަރު ދެބައި ނުވަނީސް އާސަންދައަށް ކަނޑައެޅި 730.9 މިލިއަން ރުފިޔާ ވަނީ ހުސްވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ސަރުކާރުން ކަނޑައެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ތެރެއިން އާސަންދައަށް އިތުރުކުރި 906.7 މިލިއަން ރުފިޔާ އާއެކު މިިދިިޔަ އަހަރުގެ އާސަންދަ ބަޖެޓުގެ ޖުމްލަ 1.6 ބިލިއަން ރުފިޔާއަށް އަރައެވެ.

ސަރުކާރުން އާސަންދައަށް ކުރާ ޚަރަދު އިތުރުވުމުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ވޯލްޑް ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖޭން އާސަންދަ އާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން ލަފާދީފައެވެ. އެއީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top