ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި މިރޭ ހަވާ އަރުވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ހަވާއެރުވުމުން އޮތީ މިރޭ 8:45 ގައި އޭދަފުށީ ސަންސެޓް ބީޗުގައި ކަމަށާއި 3 މިނިޓް އިރު ވަންދެން މި ކުޅިވަރު ދެމިގެން ދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި އެވެ.
ހަވާ އެރުވުމުގެ އިތުރުން ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާ ގުޅިގެން ފުލުހުންގެ އާއިލީ ޚާއްސަ ޑިނާ ނައިޓެއްވެސް މިރޭ އޮންނާނެ އެވެ.