އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލައިފި

big_q5Hu9bXPJgXzJB7.jpg

ފޮޓޯ : ވީނިއުސް

ސިއްހީ ހިދްމަތްދޭ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލަން ކުއްލި ގޮތަކަށް އާސަންދަ ކުންފުނިން ނިންމައިފިއެވެ.

އާސަންދަ ކުންފުނިން ކުއްލި ގޮތަކަށް އިއްޔެ ނެރުނު ސާކިއުލާގައި ބުނެފައިވަނީ މިއަދުން ފެށިގެން އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދްމަތް ފޯރުކޮށްދޭ ތަންތަނުން ދެމުން އައި އާސަންދަ ހިދްމަތް ހުއްޓާލީކަމަށެވެ. މިކަމާއި ގުޅިގެން އާސަންދައިން އިތުރު ތަފްސީލެއް ނުދިން ނަމަވެސް ބުނެފައިވަނީ އާސަންދަ ދިނުމުގެ އުސޫލް މުރާޖާ ކުރަމުން އަންނަކަމަށެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލަން ނިންމާފައިވަނީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގާ ބޯޑުންނެވެ.

ސާކިއުލާގައިވާ ގޮތުން ބޯޑުން އެގޮތަށް ނިންމާފައިވަނީ ދައުލަތުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އިންޕޭޝަންޓް، އައުޓް ޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭޝަންސް، އަދި ސްކޭން ކުރުމުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި އެއްވެސް އަގަކާއި ނުލާ ފޯރުކޮށްދެމުން ގެންދާތީ އަމިއްލަ ތަންތަނުން އެ ހިދުމަތްތަކަށް ކުރަމުން ދިޔަ ހަރަދު އުނިކުރުމަށެވެ.

އާސަންދަ ކުންފުނިން ބުނީ ހިދްމަތް ހުއްޓާލި ނަމަވެސް މިއަދާއި ހަމައަށް އެޑްމިޓްކޮށްފައިވާ ފަރާތްތަކަށް ފަރުވާ ނިމެންދެން ކުރިއެކޭ އެއްގޮތައް އާސަންދައިގެ ދަށުން ބޭސް ކުރެވޭނެކަމަށެވެ. ނަމަވެސް އަމިއްލަ ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ގެންދާ މީހުންގެ މައުލޫމާތު 24 ގަޑިއިރު ތެރޭގައި ހިއްސާކުރުމަށް ވަނީ އަންގާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުގެ ނަތީޖާ ގައި ގިނަ ރައްޔިތުން އަވަދެނެތި އުޅެނިކޮށް އާސަންދައިން ނެރުނު ސާކިއުލާ އާއި ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ހޮސްޕިޓަލުން ބުނީ އަސަންދައިގެ ދަށުން ދެން ހޮސްޕިޓަލުން ފަރުވާ ނުދެވޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top