ބިދޭސީންގެ ދަފްތަރެއް އެކުލަވައިލަނީ

DSCN9149.jpg

އޭދަފުށީގައި ބިދޭސީންތަކެއް މަގު ހެދުމުގެ މަސައްކަތުގައި --އީވީ ފައިލް ފޮޓޯ

އިކޮނޮމިލް މިނިސްޓްރީގެ ބޭނުމަކަށް އޭދަފުށީގައި ދިރިއުޅެމުން އަންނަ ބިދޭސިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އޭދަފުށީ ކައުންސިލުން ކުރަމުންދާތީ އެކަމަށް އެއްބާރުލުން ދިނުމަށް ކައުންސިލުން ގޮވާލައިފިއެވެ.

މިކަމާގުޅޭ ގޮތުން އިއްޔެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ، އޭދަފުށީގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެ ބިދޭސީންގެ މައުލޫމާތު 18 އެޕްރީލް ވާ ބުރާސްފައި ދުވަހުގެ 2 ޖެހުމުގެ ކުރިން އަންގަވައިދިނުމަށް އެދިފައިވެއެވެ. އަދި އަލަށް ބިދޭސީއަކު ގެންނައިރު ރަށު ކައުންސިލުގައި ހެދިފައިވާ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްވެސް ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

ބިދޭސީންގެ މައުލުމަތު މައުލޫމާތު ދެއްވަން ކައުންސިލަށް ދާއިރު ވިސާ ކާޑުގެ ކޮޕީއެއް ނުވަތަ ޕާސްޕޯޓް ކޮޕީއަކާއި ޒިންމާވާފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެނައުމަށްވެސް ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top