ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ހިތާދޫ ކައުންސިލް ، ރައީސް އަރިހަށް

b_z3B7FsVTvBTXn2Ekwd556lSsy.jpg

ހިތާދޫ ކައުންސިލް މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ- ފޮޓޯ /ރައީސް އޮފީސް

ހިތާދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ހާލަތު ބަޔާން ކޮށްދިނުމުގެ ގޮތުން ހިތާދޫ ކައުންސިލްގެ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި މިއަދު ބައްދަލުކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ސޯލިހު ހިތާދޫ ކައުންސިލުގެ މެމްބަރުންނާއި މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބައްދަލު ކުރައްވާފައިވާ ކަމުގައެވެ. މި ބައްދަލުކުރެއްވުމުގައި ހިތާދޫ ކައުންސިލުގެ މެމްބަރުން އެރަށުގެ ހާލަތު ބަޔާން ކޮށްދެއްވުމުގެ ގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިތާދޫ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަން ހިމެނެއެވެ. އެގޮތުން ހިތާދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރެވިފައި ނެތުމަކީ މިހާރުން މިހާރަށްވެސް ހައްލު ކުރަންޖެހިފައިވާ ކަމެއް ކަމުގައި ދެންނެވިއެވެ. މީގެ އިތުރުން ރަށުގެ ބަނދަރު މަރާމާތުކުރުމާއި، ކުނި މެނޭޖްކުރުމާއި، ވަޒީފާގެ ފުރުސަތު ފަހިކުރުމާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

ކައުންސިލްގެ ކަންބޮޑުވުންތަކާގުޅިގެން ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަގީން ކަން ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top