ކަނޑުތޮށީގައި ބޮޑުހިލަޖެހުމުގެ މަސައްކަތްވެސް އަންނަމަހު ފެށޭނެ – އޭދަފުށި ކައުންސިލް

eydha.jpg

އޭދަފުށީ ކަނޑުތޮށީގެ ބޭރުގައި ބޮޑުހިލަޖެހުމުގެ މަސައްކަތް އަންނަމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް އޭދަފުށީ ކައުންސިލް އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން ބުނީ އޭދަފުށީގެ ހެޔޮއެދޭ ފަރާތެއްގެ އެހީގައި ކުރުމަށް ހަމަޖެހިފައިވާ މިމަސައްކަތް ފެށުމަށްޓަކައި މިދިޔަ ހަފްތާ ބަންދުތެރޭގައި އެސަރަހައްދު ސާވޭކުރުމަށް ހެވީފޯސް ޕްވައިވެޓް ލިމިޓެޑްގެ ޓީމެއް އޭދަފުށީގައި ހަރަކާތްތެރިވިކަމަށާ، ވަރަށް އަވަހަށް އެމަސައްކަތް ކުރާނޭބަޔަކު ހޯދުމަށް އިޢްލާން ކުރެވޭވަރުވާނޭކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިޕްރޮޖެކްޓް ނިންމުމަށް 10 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނޭކަމަށް ބެލެވޭއިރު ކަނޑުތޮށީގެ އެއްހާސްފޫޓް ދިގު ސަރަހައްދެއްގައި ހިލެޖެހުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަންނަމަހު ފެށޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
” މިމަސައްކަތް މިހާރުމިވަނީ ބަޖެޓްލިބި މުޅިން ކޮންފޯމް ވެފައި. އަންނަ ހަފްތާގައި ބަޔަކުހޯދަން އިޢްލާން ކުރެވޭވަރުވާނެ. އެހެންވީމާ ވަރަށްބޮޑަށް އުއްމީދުކުރެވޭ މާޗްމަހުތެރޭގައި މިމަސައްކަތް ފަށައިގަނެވޭވަރުވާނޭކަމަށް” އީވިއަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިޕްރޮޖެކްޓާއެކުހެން އިރުމަތީ ހުރަސްވާޓަރުގެ މަރާމާތުވެސް ފެށޭވަރުވާނޭކަމަށާ، މެއިމަހުގެތެރޭގައި ބަނދަރުގެ މިމަސައްކަތްތައް މުޅިން ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ތަރައްޤީގެ ގިނަމަޝްރޫއުތަކެއް މަޑުޖެހިފައި އޮންނަތާ ދުވަސްގަނޑަކަށްފަހު މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އޭދަފުށީ ކައުންސިލުން ވަނީ ބޮޑެތި މަޝްރޫއުތަކެއް އޭދަފުށީގައި ފެށުމުގެ އުއްމީދު ވަރަށްބޮޑަށް އާކޮށްފައެވެ. އެގޮތުން އޭދަފުށީ ފެރީޓާމިނަލް އެޅުން، އޭދަފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން، ބިންހިއްކުން އަދި އިރުމަތީ ހުރަސްވާޓަރު ކޮންކްރީޓް ކުރުން ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top